Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 21:10
އިސްލާހީ މަސައްކަތަކީ ތާހިރު މަސައްކަތަކަށް ނުވެހިނގައިދާނެ ކަމަށް ނަޝީދު ވިދާޅުވި
އިސްލާހީ މަސައްކަތަކީ ތާހިރު މަސައްކަތަކަށް ނުވެހިނގައިދާނެ ކަމަށް ނަޝީދު ވިދާޅުވި
ޓްވިޓަރ
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
އިސްލާހީ މަސައްކަތަކީ ތާހިރު މަސައްކަތަކަށް ނުވެހިނގައިދާނެ

ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ދޫކުރައްވައި ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ މެމްބަރުން، އެ ބޭފުޅުންގެ އަސްލަށް ރުޖޫއަވެއްޖެ ނަމަ "މުޅި ގައުމުގެ ހުރިހާ ކަމަހެން އެއްފަހަރާ ހަމަޖެހިގެން ދާނެ" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާދީއްތަ ދުވަހުގެ ރޭ ވިދާޅުވި ވިދާޅުމަށް ތާއީދު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަދުވަހު ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ގާސިމްގެ ވާހަކަފުޅަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބި އިރާދު ކުރެއްވިއްޔާ ކާމިޔާބު ހޯދާނޭ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރަން، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ،މި ގައުމު ފަސާދައިގެ ތެރެއަށް ގެނބި، މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަތިން ހަނދާންނެތި، ވަކި ބައެއްގެ ހައްގުތަކަށް މަސައްކަތްކުރައްވާ ބޭފުޅުންނަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެ މެންބަރުން އެނބުރި ވަޑައިގަތުމަށް ގާސިމް ވަނީ ގޮވާލައްވާފައެވެ.

ރައީސް ނަޝީދު މި ޓްވީޓް ކުރެއްވި އިރު، ހޯމަދުވަހުގެ ހެނދުނު އެމްޑީޕީގެ ސޯޝަލް މީޑިއާ ދެ އެކްޓިވިސްޓުން ކަމަށްވާ އަހުމަދު އަންވަރު (ސިމް) އަދި ޝަމްއޫން ޖަލީލު (ލޫކަސް) މެދުވެރި ކުރައްވާ ރައީސް ނަޝީދު ވަނީ ރައްޔިތުންނަށް ޚާއްސަ މެސެޖެއް ދެއްވާފައެެވެ. އެ މެސެޖްގައި ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ މަސައްކަތުގައި ވީހާ ވެސް ގިނަ ވަގުތެއް ދެއްވައިގެން ބައިވެރިވެވަޑައިގަތުމަށް އެދޭކަމަށެވެ. އަދި ބައެއް ފަހަރު ސިޔާސީ މަސައްކަތްތަކަކީ އެންމެ ތާހިރު މަސައްކަތައް ނުވެދިޔަސްްެ ދިރިއުޅުން ތާހިރުކުރުމަށް މިމައްސައްކަތަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް