ސްޕޯޓިން އިންޓެލިޖެންސް އިން 8 ކުޅިވަރެއްގެ 18 ލީގުގައި ކުޅޭ 350 ޓީމް ބޭނުންކޮށްގެން ހެދި ގްލޯބަލް ސްޕޯޓްސް ސެލެރީސް ދިރާސާގެ އެންމެ ބޮޑު މުސާރަދޭ ކުޅިވަރު ޓީމުގެ ލިސްޓުގެ އެއްވަނަ މިދިޔަ އަހަރު ވެސް މި ލިސްޓުގެ އެއްވަނަ ހޯދި ބާސެލޯނާއިން ހޯދައިފިއެވެ.
މި ލިސްޓުގައި ބޭނުންކޮށްފައިވަނީ ހަމައެކަނި ކުޅުންތެރިންގެ އަހަރީ މުސާރައެވެ.
ލިއޮނަލް މެސީއަށްދޭ ބޮޑު މުސާރައާއި އެކު ބާސެލޯނާއިން މި ލިސްޓުގެ އެއްވަނައިގައި އޮތީ 12.8 މިލިއަން ޑޮލަރުގެ އެވްރެޖް ބޭސިކް މުސާރައަކާއެކު އެވެ. ނިމިދިޔަ އަހަރު އެ ކްލަބްގެ ބޭސިކް އެވެރެޖް މުސާރައަކީ 13.7 މިލިއަން ޑޮލަރެވެ. ބާސެލޯނާއިން އަންނަނީ އެޓީމުގެ ތަރި މެސީއަށް އެކަނިވެސް އަހަރަކު 65 މިލިއަން ޑޮލަރު ދެމުންނެވެ.
މި ލިސްޓުގެ ދެވަނައިގައި އޮތީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑެވެ. 11.6 މިލިއަން ޑޮލަރު ބޭސިލް މުސާރައެއް ކުޅުންތެރިންނަށްދޭ ރެއާލުންދެއެވެ. ލިސްޓުގެ ތިންވަނައިގައި މިފަހަރު އޮތީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއެވެ. އެވްރެޖްކޮށް ކޮންމެ ކުޅުންތެރިޔަކަށް 10.54 މިލިއަން ޑޮލަރުގެ މުސާރައެއް ޔުވެންޓަސް އިން ކުޅުންތެރިންނަށްދެއެވެ. ޔުވެންޓަސް ކުރިޔަށްޖެހިލީ އެޓީމުން ކްރިސްޓިއާނޯ ރޮނާލްޑޯއަށްދޭ މުސާރައާއި އަދި ވެސް އަގު ބޮޑު ކުޅުންތެރިން މިދިޔަ ދެ ސީޒަނުގައި އެޓީމަށް ގެނައުމުންނެވެ.
ލިސްޓުގެ ގަދަ 10 އެއްގައި ދެން ހިމެނެނީ މުޅިންވެސް އެމެރިކާގެ ބާސްކެޓް ޓީމުތަކެވެ.