Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 20:51
ފްލޫ ކްލިނިކްގައި ފަރުވާ ދެނީ
ފްލޫ ކްލިނިކްގައި ފަރުވާ ދެނީ
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން
އެޗްވަންއެންވަން ވައިރަސް ޖެހިގެން އަނެއްކާ ވެސް މީހަކު މަރުވެ، އިތުރު 24 މީހުން ވައިރަސް ޕޮޒިޓިވް ވެއްޖެ
އެޗްވަން އެންވަން އަށް 411 މީހުން ޓެސްޓް ކުރެވިފައިވާއިރު 147 މީހުން ވަނީ އެޗްވަން އެންވަން އަށް ޕްޒިޓިވް ވެފައިވޭ

މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އެޗްވަންއެންވަން ވައިރަސް ޖެހިގެން އަނެއްކާ ވެސް މީހާކު މަރުވެ، އިތުރު 24 މީހުން އެ ވައިރަސް އަށް ޕޮޓިޒް ވެއްޖެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޗްވަންއެންވަން ވައިރަސް ޖެހިގެން މަރުވި ތިން ވަނަ މީހާއަކީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް އެޗްޕީއޭގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.  ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަރުވެފައި ވަނީ ބިދޭސީއެކެވެ.

އެޗްޕީއޭ އިން އާދީއްތަ ދުވަހު ނެރުނު ތަފާސްހިސާބްތައް ދައްކާ ގޮތުގައި މިހާތަނަށް އެޗްވަންއެންވަން އަށް 411 މީހުން ޓެސްޓް ކުރެވިފައިވާއިރު 147 މީހުން ވަނީ ޕްޒިޓިވް ވެފައެވެ. އަދި ހޮސްޕިޓަލުގައި އެޑިމިޓް ކޮށްގެން 22 މީހުންނަށް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބްތަކުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެޗްވަންއެންވަން އަށް ޓެސްޓް ކުރި 36 މީހުންގެ ތެރެއިން 24 މީހުން ވަނީ އެޗްވަން އަށް ޕްރިޓިވް ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް