Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 20:03
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ރައީސް ޔާމީން
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
ތަރިކަ މަޝްރޫއު އިފްތިތާހުކޮށްފައި ވަނީ މި މަހު 6 ގައި

"ތަރިކަ" މަޝްރޫއަށް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފި އެވެ.

ރައީސް ޔާމީންއާ ހަވާލާދެއްވައި ރައީސް އޮފީހުން ހޯމަ ދުވަހު ބުނީ ދިވެހިންގެ މެދުގައި އިސްލާމީ ވަހުދަތާއި، ގައުމީ ރޫހު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި މި މަހުގެ 6 ވަނަ ދުވަހު އިފްތިތާހު ކޮށްފައިވާ "ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށާއި އަދި އެމަޝްރޫއުގެ ކަންކަން ހިންގެވުމަށްޓަކައި އިދާރީ ކޮމެޓީއަކާއި ފަންނީ ކޮމެޓީއެއް ވެސް އުފައްދަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ "ތަރިކަ" މަޝްރޫއުގެ މަސައްކަތްތައް ރާއްވަވާނީ، ފަންނީ ކޮމެޓީން ކަމަށާއި ފަންނީ ކޮމެޓީން އަންގާ ކަންތައްތައް ހިންގުމުގައި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި ކުންފުނިތަކުން އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސް ކުރައްވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، މުއައްސަސާތަކުން ކުރިއަށް ރާވާ ކަންތައްތަކުގެ ތެރެއިން މި މަޝްރޫއުއާ ގުޅުވައިލެވޭނެ ކަންތައްތައް، މި މަޝްރޫއާ ގުޅުވާލައިގެން ކުރަމުން ގެންދިއުމަށާއި މިމަޝްރޫއުގެ އިދާރީ ކޮމެޓީން އެދޭ ކަންކަމުގައި ވެސް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް