Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 18:56
ބިއްލޫރިގަނޑު ތަޅާލުމާއި ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ
ބިއްލޫރިގަނޑު ތަޅާލުމާއި ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ރައީސް އޮފީސް
ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި
ހައްޔަރުކުރީ އުމުރުން 43 އަހަރުގެ ފިރިހެނެއް
ގާބުރިއަކުން ޖަހައި ތަޅާލީ ކުޑަދޮރެއްގެ ބިއްލޫރިގަނޑެއް

ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

 

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

 

އާދިއްތަ ދުވަހުގެ މެންދުރު ރައީސް އޮފީހުގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ހުރަވީ ބިލްޑިންގ ކައިރީގައި ހުރެ ގާބުރިއެއް އެއްލައިގެންނެވެ.

 

ތަޅާލާފައިވަނީ ރައީސް އޮފީހުގެ އަމީރު އަހުމަދު މަގާވީ ފަޅީގައި ހުރި ކުޑަދޮރެއްގެ ބިއްލޫރިގަނޑެވެ.

 

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް