ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 18:22
ރެއާލް މެޑްރިޑް އަދި ބިލްބާއޯ ވާދަކުރި މެޗުގެ ތެރެއިން
ރެއާލް މެޑްރިޑް އަދި ބިލްބާއޯ ވާދަކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ސްޕެނިޝް ލަ ލީގާ
ލަ ލީގާ: ރެއާލް އެއްވެރުމުން ބާސާއަށް ދެ ޕޮއިންޓުގެ ލީޑެއް
މި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން
ބާސާއިން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއްނަގައިފަ
އެތްލެޓިކޯ ބިލްބާއޯ އޮތީ ތާވަލުގެ ހަތްވަނައިގައި

ސްޕެނިޝް ލަ ލީގާގައި އެތްލެޓިކޯ ބިލްބާއޯ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވުމުން ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ރެއާލް މެޑްރިޑުން ބިލްބާއޯގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައިވެއެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ރެއާލްގެ ވިނީސިއަސް ހުސްކޮށްހުރެ ފޮނުވައިލި ބޯޅަ ބިލްބާއޯގެ ކީޕަރުވަނީ ހުށިޔާރު ކަމާއިއެކު ދިފާއު ކޮށްފައެވެ. މީގެއިތުރުން މެޗުގެ 32 ވަނަ މިނެޓުގައި ރެއާލްގެ ފޯވާޑް ކަރިމް ބެންޒެމާ ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ބިލްބާއޯގެ ކީޕަރުވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ރެއާލުގެ ކުޅުންތެރިން ގެންދިޔައީ ބިލްބާއޯގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް މިހާފުގައި ބިލްބާއޯ ކުޅުންތެރިން ވަނީ ކައުންޓަރ އެޓޭކްގައި ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ބިލްބާއޯގެ އިނާކީ ވިލިއަމްސްއަށް ވަނީ ލަނޑުޖަހަން ހުސްފުރުސަތެއްލިބި ބޭކާރުވެފައެވެ. މީގެއިތުރުން މެޗުގެ 71 ވަނަ މިނެޓުގައި ރެއާލްގެ ގެރެތް ބޭލް ވަނީ ނުރައްކާތެރި ހަމަލާއެއް ބިލްބާއޯގެ ގޯލަށް ފޮނުވައިލައިފައެވެ. މިހަމަލާ ބިލްބާއޯގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއިއެކު ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ދެވަނައިގައި ލިބުނު 37 ޕޮއިންޓާއިއެކުގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް 39 ޕޮއިންޓް ލިބިފައިވާއިރު, އެތްލެޓިކޯ ބިލްބާއޯ އޮތީ ތާވަލުގެ ހަތްވަނައިގައި ލިބުނު 28 ޕޮއިންޓާއިއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް