Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 02:12
ޓެކްސީ: އިތުރު ޓެކްސީތަކަށް ހުއްދަ ދިނުމަށް ވަނީ އިއުލާން ކޮށްފައި
ޓެކްސީ: އިތުރު ޓެކްސީތަކަށް ހުއްދަ ދިނުމަށް ވަނީ އިއުލާން ކޮށްފައި
ގޫގުލް
ޓެކްސީ ހުއްދަ ދޫކުރުން
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
ހުއްދަ ދެނީ 10އަހަރު ނުވާ ކާރު ތަކަށް

މިހާރު ޓެކްސީ ކުރަމުންދާ ޓެކްސީތަކުގެ އިތުރުން އިތުރު ކާރުތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޫކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

އެއޮތޯރިޓީން އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭގައި ދުއްވާ ޓެކްސީގެ އަދަދު މަދުވުމާ ގުޅިގެން އެ ޚިދުމަތް އެންމެ އެދެވޭ ގޮތަށް އާންމުންނަށް ނުދެވޭތީ، އެކަން ހައްލު ކުރުމުގެ ގޮތުން ޓެކްސީ ކުރުމުގެ ޝަރުތުތައް ފުރިހަމަވާ އުޅަނދުތަކަށް ޓެކްސީ ހުއްދަ ދޭގޮތަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

ޓެކްސީ ގަވާއިދުގައިވާ ގޮތުންނަމަ، ޓެކްސީ ކުރާ އުޅަނދުގައި “TAXI” މިގޮތަށް ލިޔެފައިވާ ބޯޑެއް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތަށް ދިއްލޭ ގޮތަށް ޓެކްސީގެ ކުރިމަތިން ފެންނަން ހުންނަ ގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ. އަދި އެ އުޅަނދަކީ އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުވާ ހަތަރު ފުރޮޅުލީ ޖާގައިގެ ގޮތުން ތަނަވަސް ޑިކީ ހުރި ކާރު ކަމުގައި ވެސް ވާން ޖެހެ އެވެ.

އެ އޮތޯރިޓީގެ އިއުލާނުގައި ބުނެފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޓެކްސީ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން ވާނެ ކަމަށެވެ. އަލަށް އެކުލަވާލި ޓެކްސީ ގަވާއިދުގައިވާ ގޮތުގައި ޓެކްސީ ކުރުމުގެ ހުއްދައިގެ އަގަކީ 50،000 ރުފިޔާ އެވެ.

ޓެކްސީ ޤަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ޓެކްސީ ކުރުމުގެ ހުއްދައިގެ އަގު ބޮޑުވުމާއި ގުޅިގެން ބައެއް ޑަރައިވަރުން ވަނީ ފާޑު ކިޔާފައެވެ.

މިހާރު ވަނީ ސައިކަލް ޓެކްސީވެސް ތައާރަފްކޮށް އެޚިދުމަތް ލިބޭނޭގޮތް ހަދާފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް