Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 00:28
އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު
އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު
ގޫގުލް
ޢަލީ ޒާހިރު
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު
ޢަލީ ޒާހިރު ވިދާޅުވީ ގޯލް ކީޕަރުވެސް އުޅެނީ އިދިކޮޅު ގޯލަށް ގޯލް ޖެހޭތޯ ކަމަށް

މިހާރު ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އެމްޔޫއޯގައިވެސް އިސްކޮށް ހަރަކާތްތެރިވާ އަދި މިވަގުތު އަދާލަތު ޕާޓީ ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ޢަލީ ޒާހިރު މިހެން ވިދާޅުވީ އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ސަރުކާރަށް ނުހަނު ގިނައިން ފާޑުވިދާޅުވާ ޢަލީ ޒާހިރު ކުރެއްވި ޓްވީޓުގައި ސަރުކާރަށް އިޝާރާތްކޮށް ވިދާޅުވެފައިވަނީ ފެންނަމުން ދަނީ ހުރިހާ ދިމާލަކުންވެސް ޑެފެންސަށް ކުޅެމުންދާ މަންޒަރު ކަމަށެވެ. އަދި ގޯލް ކީޕަރުވެސް އަރާ އިދިކޮޅު ހާފް ގޯލަށް ޖެހޭތޯ އުޅޭތަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަލީ ޒާހިރު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިވަޑައިގެންފައިވާ ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރައްވާ އެނބުރި ޤައުމަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އަދި ފެތުރެމުންދާ ވައިރަލް ރޯގާގެ ސަބަބުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ޕެނަޑޯލް ފަދަ ބޭސް ބެއްސެވުމުގައި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމާއި މަޖިލީހުގެ ބައެއް މެންބަރުން އުޅުއްވާފައިވާތީ އެކަމަށް ފާޑު ކިޔަމުންދާ ދުވަސްވަރެއްގައެވެ. މީގެ އިތުރުން  ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައި މިމަހުގެ 27 ގައި އެކަމަށް ނަގާ ވޯޓު ކާމިޔާބު ކުރާނެ ކަމުގެ އުއްމީދު ބޮޑުކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ބުނަމުންދަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް