ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 19:20
މޭގަން މާކެލްގެ ދަރިކަލުންނާއި ފިރިކަލުން ޕްރިންސް ހެރީ
މޭގަން މާކެލްގެ ދަރިކަލުންނާއި ފިރިކަލުން ޕްރިންސް ހެރީ
ދި ޓެލެގްރާފް
މޭގަން މާކެލް
2019 ވަނަ އަހަރު އެންމެ ނާއިންސާފާއި ކުރިމަތިލާންޖެހުނު ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގަ މޭގަން
ސާރވޭ ހެދީ 2000 އަށްވުރެ ގިނަ މީހުން ހިމަނައިގެން
އިނގިރޭސިވިލާތުގެ ރާނީއާއި ގްރެޓަރ ޓުމްބަރގވެސް ލިސްޓުގައި ހިމެނޭ
50 އިންސައްތަ މީހުން ވަނީ މޭގަންއަށް ވޯޓު ދީފައި

ފާއިތުވި އަހަރު އެންމެ "އަންފެއަރ" ކޮށް ކަންތައްތައް ދިމާވި މީހުންގެ ލިސްޓުގެ އެއްވަނައަށް ޑަޗަސް އޮފް ސަސެކްސް މޭގަން މާކަލް ހޮވިވަޑައިގެންފިއެވެ.

2000 އަށްވުރެ ގިނަ މީހުން ހިމަނައިގެން އިނގިރޭސިވިލާތުގައި ހެދި މި ސާރވޭގެ ނަތީޖާއިން، ފާއިތުވި އަހަރު ޢާންމުންގެ ފަރާތުން އެންމެ ގޯސްކޮށް ކަންތައްތައް ދިމާވި ފަރާތަކަށް މޭގަން ހޮވިވަޑައިގެންފައިވާއިރު، މި ލިސްޓުގެ ކުރީގައި އިނގިރޭސިވިލާތުގެ ރާނީއާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި ދެކޮޅަށް އަޑުއުފުލާ ޒުވާން ގްރެޓަރ ޓުމްބަރގ ހިމެނިފައިވެއެވެ.

ގްރެޓަރ ޓުމްބަރގ

މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 50 އިންސައްތަ މީހުން ވަނީ މޭގަންއަށް ވޯޓު ދީފައެވެ. އެގޮތުން ޕްރިންސް ހެރީއާއި ކައިވެނި ބައްލަވައިގަތް ފަހުން އެކަމަނާއަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވެގެން ދިޔަކަން އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ސާރވޭގައި ބައިވެރިވި ފަރާތްތަކުން ބުނީ، މޭގަން ހެނދުން ތުރުކުރައްވާ ގޮތާއި، ދަރިކަލުން އާރޗީ ގެންގުޅުއްވާ ގޮތުގެ އިތުރުން، ޝާހީ އާއިލާގެ އެކި އުޞޫލުތަކަށް މޭގަން ނުފެތޭކަމަށް ބުނެ މޭގަންއަށް އެކިކަހަލަ ފާޑުކިއުން އަބަދުވެސް އަމާޒުވާ ކަމަށާއި، މޭގަންއާއި ދޭތެރޭގައި ކަންތައްތައް ދިމާވެފައިވަނީ ވަރަށް ނާ އިންސާފުން ކަމަށް ދެކެވެނީ އެފަދަ ސަބަބުތަކާ ހެދި ކަމަށެވެ.

މޭގަންއާއި ޕްރިންސް ހެރީ

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ބައްލަވައިގަތީ 2018 ވަނަ އަހަރުގެ މެއި 19 ވަނަ ދުވަހު ލަންޑަނުގެ ސެއިންޓް ޖޯޖް ޗަޕެލްގައެވެ. ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިވަޑައިގެންފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ފާޑުކިއުންތަކާއެކުވެސް މޭގަން ފާހަގަކޮށްލެވެނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ބައެއްގެ ލޯބި ހޯއްދެވި ފަރާތެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް