ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 23:21
މެސުޓް އޮޒިލް
މެސުޓް އޮޒިލް
ގޫގުލް
މެސުޓް އޮޒިލް
ޗައިނާާ މުސްލިމުންނާ ގުޅުވައި އޮޒިލް ދެއްކި ވާހަކަތަކާކައި އެކު، ފޭނުން ރަތަށް!
ޗައިނާއިން އޮޒިލްގެ ވާހަކަތައް ދޮގުކުރޭ
އޮޒިލް ކްލަބުްނ ވަކިކުރަން ފޭނުން ދަނީ ގޮވާލަމުން

އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލް އަށް ކުޅޭ ޖަރުމަނުވިލާތުގެ މެސުޓް އޮޒިލް ޗައިނާގެ ވީގޯ މުސްލިމުންނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާއި ގުޅިގެން، އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗް ޗައިނާ ގައި ނުދައްކާ ގޮތަށް ނިންމައިފިއެވެ.

ވީގޯ މުސްލިމުންނާ މެދު ޗައިނާއިން ކަންތައްކުރާ ގޮތާއި ބެހޭ ގޮތުން ނުރުހުން ފާޅުކޮށް އޮޒިލް ވަނީ އޭނާގެ އިންޓަގްރާމް އެކައުންޓުގައި ޕޯސްޓެއް ލިޔެފައެވެ.

ތުރުކީގެ މުސްލިމް ދަރިފަސްކޮޅަށް ނިސްބަތްވާ އޮޒިލްގެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ، ޝިންޖިއާން ގައި ދިރިއުޅޭ މުސްލިމުންގެ މިސްކިތްތައް ބަންދުކޮށް، ކީރިތި ޤުރުއާން އަންދައި، ދީނީ ޢިލްމުވެރިން ބަންދުކުރަމުންދާއިރު އެއްވެސް އެއްޗެއް ބުނަން ނުކެރި މުސްލިމު އުއްމަތް ތިބެނީ ހަނުކަމަށެެވެ.

އޮޒިލްގެ އެ ވާހަކަތާކާއި ގުޅިގެން ޗައިނާގައި ތިބޭ އާސެނަލް ފޭނުން ތިބީ ރުޅިގަދަވެފައެވެ. ބައެއް ފޭނުން ބުނަނީ އެމީހުން ތާއިދުކުރާ ކްލަބެއްގެ ކުޅުންތެރިއަކު އެފަދަ ''ދޮގު'' ވާހަކަތަކެއް ދައްކާނެ ކަމަށް ހީނުކުރާ ކަމަށެވެ.

އާސެނަލްގެ މިޑްފިލްޑަރުގެ ވާހަކަތަކަަށް ރައްދުދެމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުއާ ވިދާޅުވީ، އޮޒިލް އަށް ލިބިގެން އުޅެނީ ''ފޭކް'' ޚަބަރުތަކެއް ކަމަށެވެ. ޝީޖިއާންގެ ޙާލަތު އަމިއްލައިން ބެލުމަށް ޝުއާ ވަނީ އޮޒިލް އަށް ދަޢުވަތު ދީފައެވެ.

މައްސަލަ ހޫނުވުމުން އާސެނަލުން ބަޔާނެއް ނެރެ ބުނެފައިވަނީ، އޮޒިލް ފާޅުކޮށްފައިވަނީ އޭނާގެ އަމިއްލަ ޝުޢޫރުތައް ކަމަށެވެ. ޕްރިމިއަރލީގުގައި އާދިއްތަ ދުވަހު އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑް ކުޅެން ހަމަޖެހިފައިވާ މެޗުގެ ލައިވް ކަވަރޭޖް ޗައިނާގެ ސީސީޓީގެ ޕްރޮގުރާމް ގައިޑުން ނަގާފައިވާއިރު، އެ ކްލަބުން އޮޒިލް ވަކިކުރަން ޗައިނާގެ ފޭނުން ދަނީ ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް