ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 19:07
ސްޓްރީޓް ޑާންސަރ 3ޑީ
ސްޓްރީޓް ޑާންސަރ 3ޑީ
ބޮލީވުޑް ލައިފް
ސްޓްރީޓް ޑާންސަރ 3ޑީ
ސްޓްރީޓް ޑާންސަރ 3ޑީ ޓްރެއިލަރ މި މަހުގެ 18 ގައި ރިލީޒްކުރަނީ
ޓްރެއިލަރ މި މަހުގެ 18 ގައި ރިލީޒްކުރާނެ
ފިލްމް ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު
"މުގާބަލާ" ލަވައިގެ ރީމޭކެއް މި ފިލްމުން ފެނިގެންދާނެ

ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމް "ސްޓްރީޓް ޑާންސަރ 3ޑީ" ޓްރެއިލަރ މި މަހުގެ 18 ގައި ރިލީޒްކުރާނެ ކަމަށް ވަރުން ދަވަން ބުނެފިއެވެ.

ވަރުން ވަނީ އޭނާގެ އިންސްޓަގްރާމުގައި މި ފިލްމުގެ ފުރަތަމަ ޕޯސްޓަރ ހިއްސާކޮށްފައެވެ. އެގޮތުން ވަރުން ވަނީ ޝްރައްދާ އެކަނި ފެނިގެންދާ ޕޯސްޓަރު ހިއްސާކޮށް އޭނާ އަށް ތައުރީފުކޮށްފައެވެ. ވަރުން ބުނެފައިވަނީ މި ފިލްމަށް ޝްރަދާ ވަރަށް މަސައްކަތް ކުރި ކަަމަށާއި އަދި މި ފިލްމުން އެއީ އެންމެ ރަނގަޅު އެކްޓަރކަން މީހުންނަށް ސާބިތުކޮށްދޭން ކެތް މަދުވެފައި ހުރި ކަމަށެވެ. ވަރުން ވަނީ ފިލްމުގެ އިތުރު އެހެން ޕޯސްޓަރ އެއް ވެސް ހިއްސާކޮށްފައެވެ. މި ޕޯސްޓަރުގައި ނޯރާ ފަތެހީ ފެނިގެންދެއެވެ.

މި ފިލްމުގައި ކޮރިއޮގްރާފަރު ޕްރަބޫދޭވާގެ ސަޅި ނެށުންތަކެއް ފެނިގެންދާ ލަވަ "މުގާބަލާ"ގެ ރީމޭކެއް ފެނިގެންދާނެއެވެ. "މުގާބަލާ" އަކީ 1994 ވަނަ އަހަރު ނުކުތް ފިލްމު "ކަދުލާން" ގެ ލަވައެކެވެ. އެ ފިލްމުގައި ވަރުން އަދާކުރާނީ ޕަންޖާބަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލު ކަމަށާއި، ޝްރައްދާ ފެނިގެންދާނީ ޕާކިސްތާނަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލުން ކަމަށް ޚަބަރުތައް ބުނެއެވެ.

ބޫޝަން ކުމާރު، އަޕަރްޝަކްތީ ކުރާނާ އަދި ޝަކްތީ މޯހަން ޕްރޮޑިއުސް ކުރާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް