Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 18:15
އައިޖީއެމްއެޗް އިމާރާތް
އައިޖީއެމްއެޗް އިމާރާތް
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ އަންހެން މީހާގެ ހާލު އަދިވެސް ސީރިއަސް: އައިޖީއެމްއެޗް
އިންފްލުއެންޒާ އެޗްވަންއެންވަން ޖެހުނު ދެ މީހަކު ވަނީ މަރުވެފަ
ބަލިޖެހުނު ގިނަ މީހުން ވަނީ ރަގަޅުވެފަ

އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން ހާލު ބޮޑުވި މާބަނޑު އަންހެން މީހާއާ އޭނާގެ ދަރިފުޅު އަދިވެސް އޮތީ ސީރިއަސް ހާލަތުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަހްމަދު މައުސޫމް ވިދާޅުވީ، އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ މީހާގެ ހާލަތުވެސް އަދިވެސް އޮތީ ސީރިއަސް ހާލަތެއް ކަމަށެވެ. އަދި އޭނާގެ ބަނޑަށް ފަސް މަހުގައި ދަރިފުޅު ނަގާފައިވާ އިރު ދަރިފުޅުގެ ހާލުވެސް ސީރިއަސް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލި މީހާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރެއްގެ އެހީގައެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ ތަކާ ގުޅިގެން ރާއްޖޭގެ ފްލޫ ކްލިނިކުތައް ވަނީ ގާއިމްކޮށްފަ އެވެ. ފްލޫ ކްލިނިކްތައް ގާއިމްކޮށްފައިވާ އިރު ރާއްޖޭގައި ހުކުރު ދުވަހުގެ ނިއަލަށް 114 މީހުން ވަނީ އެ ބައްޔަށް ޕޮސިޓިވް ވެފަ އެވެ. އަދި ދެމީހަކު އެ ބަލީގައި ވަނީ މަރުވެފަ އެވެ.

އެޗްޕީއޭ އިން ވަނީ މި ބައްޔަކީ ވެސް އާއްމުކޮށް މިއުޅޭ ފަދަ ފްލޫއަކަށް ވުމާ އެކު އެބައްޔަށް ފަރުވާ ހޯދުމުގައި ބޮޑުވަރު ނުވާ މީހުން ކޮންމެހެން ފްލޫ ކްލިނިކްތަކަށް ނުދިއުމަށް އެދިފަ އެވެ. އެގޮތުން ހާލު ދެރަނުވާ ހާލަތުގައި ފްލޫ ކްލިނަކަށް ދިއުމުން، ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އިންފްލުއެންޒާ ޖެހުމަށް އޮތް ފުރުސަތު ބޮޑުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ވަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ރަގަޅުވެފައިވާކަން ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް މި ބަލިޖެހެމުންދާ އިރު ބަލިން ރައްކާތެރި ވުމަށްޓަކައި މީހުން ގިނައިން އުޅޭ ސަރަހައްދުތަކަށް ނުދިއުމަށާއި، ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނަ އިން ދިޔާ އެއްޗެހި ބުއި މަށާއި، ހުން ގަދަވާނަމަ ހަށިގަނޑުގައި ފެން ހޭކުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް