Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 16:38
ކ. މާފުށީ ޖަލު
ކ. މާފުށީ ޖަލު
ގޫގުލް
އެޗްވަންއެންވަން
ހުމުގެ ރޯގާއާ ގުޅިގެން ގައިދީންނާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ މަޑު ޖައްސާލާފައި:ކަރެކްޝަންސް
ޖަލުގައި ޓީބީ އުޅޭކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް އޮފިޝަލް ވިދާޅުވި

މިހާރު ރާއްޖޭގައި ހުމުގެ ރޯގާއެއް ކަމަށްވާ އެޗްވަންއެންވަން އިންފްލުއެމްޒާއާ ގުޅިގެން ޖަލުތަކުގައި ތިބި ގައިދީންނަށް ލިބިދޭ އާއިލީ ބައްދަލުވުންތައް މިވަގުތައް މަޑުޖައްސާލާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެފި އެވެ.

ރާއްޖޭގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ބައިތިއްބާފައި ތިބޭ ޖަލުތައް ބަލަހައްޓަމުންދާ މޯލްޑިވްސް ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އާދިއްތަ ދުވަހު "ރާއްޖެޓީވީ"އަށް ވިދާޅުވީ ގައިދީންނަށް އާއްމު އުސޫލުން ލިބިދޭ އާއިލީ ބައްދަލުވުން ހަމަޖައްސާ ނުދޭ ގޮތަށް ނިންމާފައިވަނީ މިހާރު ރާއްޖޭގައި އުޅޭ ހުމުގެ ރޯގާއާ ގުޅިގެން ކަމަށެވެ. އަދި ހުމުގެ ރޯގާގެ ކަންކަން ހަމައަކަށް އެޅުމާއެކު ކުރިންވެސް އޮންނަ އުސޫލުން އާއިލީ ބައްދަލުވުމަށް ފުރުސަތު ދެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ހުމުގެ ރޯގާއާ ގުޅިގެން ޖަލުގެ "މޫވްމަންޓް"ތައް މިވަގުތައް މަޑުޖައްސާލާފައިވާތީ ކުރިން ޖަލު ބޭރަށް ގައިދީން ނެރޭ ނެރުންވެސް މަޑުޖައްސާލާފައިވާ ކަމަށެވެ.

ޖަލުގައި ޓީބީ ބަލި އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އޮފިޝަލް ވިދާޅުވީ އެފަދަ ކަމެއް އުޅޭކަން އެނގިފައިނުވާ ކަމަށެވެ. އަދި ކަރެކްޝަންސްގެ މެޑިކަލް ޑިޕާޓްމަންޓުންވެސް އެފަދަ ކަމެއް މިހާތަނަށް ފާހަގަކޮށްފައިނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.  

އެޗްއަންއެންވަން ޖެހިގެން ދެ މީހަކު ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި ސައުދީ ރަސްގެފާނު ރައީސް ވަޑައިގަތުމަށް އޮތް ދަތުރުފުޅު ކެންސަލް ކުރެއްވީ ވެސް ބޮޑު ރޯގާއެއްގެ ގޮތުގައި އެޗްވަންއެންވަން ފެތުރެމުންދާތީ ކަމަށް ސަރުކާރުން ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް