Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 12:48
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ލަންކާގައި ތިއްބަވާ އެމްޑީޕީގެ އިސް ބައެއް އޮފިޝަލުންނާއެކު.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ލަންކާގައި ތިއްބަވާ އެމްޑީޕީގެ އިސް ބައެއް އޮފިޝަލުންނާއެކު.
ރާއްޖެއެމްވީ
އެމްޑީޕީ
މަސީހްގެ ވޯޓާ ދިމާކޮށް ނަޝީދު ލަންކާއަށް
ލަންކާއަށް ވަޑައިގެންފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ފަތިހު
މިމަހުގެ 27 ގެ ނިޔަލަށް ލަންކާގައި މަޑުކުރައްވާނެ

އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާއަށް ވަޑައިގެންފިއެވެ.

 

އެމަނިކުފާނު ލަންކާއަށް ވަޑައިގެންފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ފަތިހުއެވެ.

 

މިދަތުރުފުޅާ ގުޅޭ ގޮތުން އެމްޑީޕީން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނެތެވެނަމަވެސް ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި އެމަނިކުފާނު ލަންކާއަށް ވަޑައިގެންފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެންނެވެ.

 

މިމަހުގެ 27 ގެ ނިޔަލަށް އެމަނިކުފާނު ލަންކާގައި މަޑުކުރައްވާނެކަން ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާ، ރައީސް ނަޝީދު ބައްދަލު ކުރައްވާނެކަން ވެސް ވަނީ އެނގިފަ އެވެ. 

 

އެންމެ ފަހުން ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. 

 

އެދަރުތުފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ މަޝްރަހާބެހޭ ގޮތުންނާއި އެމްޑީޕީގެ ކަންކަމާ ގުޅޭ ގޮތުން، ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި އެޑްވައިޒަރީ ކޮމިޓީއާ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.

 

މީގެ އިތުރުން  އާންމު މެންބަރުންނާއި އެމަނިކުފާނު ސަޕޯޓަރުންނާއ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް