ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 06:23
ހޮނިހިރު ދުވަހުގެރޭ ފަލަ ސުރުޚީ ޕްރޮގްރާމަގައި ނިޒާރު ވާހަކަ ދައްކަވަނީ
ހޮނިހިރު ދުވަހުގެރޭ ފަލަ ސުރުޚީ ޕްރޮގްރާމަގައި ނިޒާރު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ކައުންސިލް އިންތިހާބު ފަސްކުރަނީ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ނުވާނެތީ:ނިޒާރު
ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ޤާނޫން އަސާސީގެ ބޭރުން އެހެން މަގަކުން އިންތިޚާބަށް ވަޑައިގަތުމަށް

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ބޭނުމަކީ 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ނުކުރެއްވޭނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޤާނޫނު އަސާސީގައި ބުނާ ގޮތުން މިހާރު ބާއްވައި ނިމިފައި އޮންނަންޖެހޭ ލޯކަލް ކައުންސިލް އިންތިޚާބު ތިން ވަނަ ފަހަރަށް ފަސްކުރި ފަސްކުރުމަށް އިޝާރާތް ކުރައްވާ ނިޒާރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުންނެއް ޕީޕީއެމަކު ނެތްކަމަށާއި ކެނޑިޑޭޓުންނެތި އިންތިޚާބަކަށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ނިޒާރު ވިދާޅުވީ ފެންނަން ހުރި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ބަލާލާއިރު ބަޔަކު ނުވެގެން ފައިސާ ދީގެން މީހުން ގެންދާކަމަށެވެ. އިންތިޚާބު ލަސްކުރުމުގެ އަނެއް ބޭނުމެއް ކަމުގައި ވެފައިވަނީ، އަލީ ނިޒާރު ވިދާޅުވި ގޮތުގައި، އެމްޔޫއޯއިން ނެރެފައިވާ ކެނޑިޑޭޓުން ފޫހިކޮށް ވަރުބަލިކޮށްލުމެވެ. އެގޮތަށް ދެކެނީ ރައީސް ޔާމީންގެ ސިޔާސަތެއް ނެތުމުން އެއްވެސް އުއްމީދެއްވެސް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަސްލު ކުޅޭ ކުޅިގަނޑަކީ އަޅުގަނޑަށް ހީވަނީ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ހޮވިވަޑައި ނުގަންނަވާނެ. މިރާއްޖޭގައި ދެފުށްފެންނަ ހާމަކަންބޮޑު އިންސާފްވެރި އިންތިޚާބެއް ބާއްވައިގެން ރައީސް ޔާމީނެއް ވިން ނުވާނެ. މިއީ ސާފުކޮށް ފެންނަން އޮތްކަމެއް. އަޅުގަނޑުމެން ސިޔާސީ ކަންކަމަކު ނޫޅޭނަން ދެން ރައީސް ޔާމީން ހޮވިވަޑައިގަންނަވައިފިނަމަ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރައީސް ޔާމީން ތަރައްޤީއަށް ކުރައްވާ އެއްވެސް ކަމަކީ ރައްޔިތުން ބަލާ އެއަށް ވޯޓު ދޭނެ ސިޔާސަތެއް އޮތް ކަމެއް ނޫން ކަމަށާއި އެހެންކަމުން ރިޔާސީ އިންތިޚާބަށް ވަޑައިގަންނަވަން އެއުޅުއްވަނީ މުޅިން އެހެން މަގަކުން ކަމަށެވެ. އިންތިޚާބަށް ވަޑައިގަންނަވަން އެއުޅުއްވަނީ ޤާނޫން ތަކާއި ޤާނޫން އަސާސީން ތަންދޭ ގޮތަކަށް ނޫން ކަމަށާއި މުޅިން އެހެން މަގަކުން ކަމަށް ނިޒާރު ތުހުމަތު ކުރެއްވިއެވެ.

- ކޮމެންޓް