ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 19:06
(ފައިލް ފޮޓޯ، 2018) ރަޝިއާގެ އެތުލީޓުންތަކެއް
(ފައިލް ފޮޓޯ، 2018) ރަޝިއާގެ އެތުލީޓުންތަކެއް
ގެޓީ އިމޭޖަސް
ވަރލްޑް އެންޓި-ޑޯޕިންގް އޭޖެންސީ
ޑޯޕިންގ މައްސަލައިގައި ވާޑާއިން ރަޝިއާއަށް ފިޔަވަޅު އަޅައިފި، ބޮޑެތި މުބާރާތްތައް ނުކުޅެވޭނެ
ޑޯޕިންގ މައްސަލައިގައި ވާޑާގެ ކޮމިޓީން ކުރިއަށް ގެންދިޔަ ތަހުގީގަށް އެ ގައުމުން އެކަށީގެންވާ ވަރަށް އެއްބާރުލުން ދީފައެއް ނުވޭ
ކުޑަ ކޮމިޓީގެ ނިންމުންތަކަށް ވާޑާގެ އެގްޒެކެޓިވް ބޯޑުން ތާއީދުކޮށްފައިވަނީ ހޯމަ ދުވަހު، ސްވިޒަލޭންޑްގައި ކުރިއަށް ދިޔަ މީޓިންގއެއްގައި
ވާޑާގެ ނިންމުން ގަބޫލުކުރުމަށް، ނުވަތަ އާބިޓްރޭޝަން ކޯޓަށް މައްސަލަ ހުށަހެޅުމަށް ރަޝިއާއަށް 21 ދުވަސް ލިބޭނެ

ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ކުރިއަށް އޮތް ހަތަރު އަހަރު ނިމެންދެން ރަޝިއާއަށް ބައިވެރިއެއް ނުވެވޭނެއެވެ.

ރަޝިއާއަށް މި ފިޔަވަޅު އަޅާފައިވަނީ ޑޯޕިންގގެ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން ވަރލްޑް އެންޓި-ޑޯޕިންގް އޭޖެންސީ، ނުވަތަ ވާޑާއިންނެވެ.

ވާޑާގެ ކޮމްޕްލައަންސް ރިވިއު ކޮމިޓީން މިހެން ނިންމާފައިވަނީ ރަޝިއާގެ ކުޅިވަރުތަކާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ތަހުގީގަށް އެ ގައުމުގެ އެންޓި-ޑޯޕިންގ އޭޖެންސީން ފުރިހަމައަށް އެއްބާރަލުން ދިނުމަށް ފޭލްވުމުންނެވެ.

ކުޑަ ކޮމިޓީގެ ނިންމުންތަކަށް ވާޑާގެ އެގްޒެކެޓިވް ބޯޑުން ތާއީދުކޮށްފައިވަނީ ހޯމަ ދުވަހު، ސްވިޒަލޭންޑްގައި ކުރިއަށް ދިޔަ މީޓިންގއެއްގައެވެ.

ބޯޑުގެ މި ނިންމުން ގަބޫލުކުރުމަށް، ނުވަތަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް ގައި މައްސަލައެއް ހުށަހެޅުމަށް ރަޝިއާގެ އެންޓި-ޑޯޕިންގ އޭޖެންސީއަށް 21 ދުވަސް ލިބޭނެއެވެ.

މިކަމާ ގުޅޭގޮތުން ރަޝިއާގެ އޭޖެންސީގެ މެމްބަރުން ޑިސެމްބަރު 19ގައި ބައްދަލުކުރާނެއެވެ. އަދި ވާޑާގެ ނިންމުމާ ގުޅިގެން ކުރިއަށް ދާނެ ގޮތަކާމެދު މި ބައްދަލުވުމުގައި ނިންމާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ރަޝިއާއިން ނިންމާނީ ވާޑާގެ ނިންމުން އިސްތިއުނާފް ކުރުމަށެވެ. އެއީ ގައުމުގެ އެތުލީޓުންގެ ދިފާއުގައެވެ.

ވާޑާގެ ނިންމުން ރަޝިއާއިން ބަލައިގެންފިނަމަ، ނުވަތަ އާބިޓްރޭޝަން ކޯޓުން ދަމަހައްޓައިފިނަމަ، އަންނަ އަހަރު ބާއްވާ އޮލިމްޕިކް ގޭމްސްއާއި 2022 ވަނަ އަހަރގެ ވޯލްޑް ކަޕްގައި ގައުމަށް ބައުވެރިއެއް ނުވެވޭނެއެވެ.

- ކޮމެންޓް