Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 03:30
ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަލީ ނިޒާރު
ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަލީ ނިޒާރު
ރާއްޖެ އެމްވީ
ފަލަސުރުޚީ
ރައީސް ޔާމިންގެ ވެރިކަމުގައި ސައުދީ ރަސްގެންފާނު ރާއްޖެ ވަޑައިނުގަންނަވާނެ:ނިޒާރު
ފ.އަތޮޅުގައި ކުރަން އުޅޭ ކަމެއް ނޭނގިގެން ރައްޔިތުންގެ ތެރޭގައި އޮތީ ކަންބޮޑުވުން

ރައީސް ޔާމިންގެ ވެރިކަމުގެ ބާކީ އޮތް ދުވަސްތަކުގައި ސައުދީ އަރަބިޔާގެ ރަސްގެންފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ ސައުދީ ރަސްގެފާނު ދެން ރާއްޖެއަށް ވަޑައިނުގަންނަވާނެ ކަމަށާއި މިގައުމުގެ ރައްޔިތުންނާއި ނުގުޅި ރައީސް ޔާމިންއަށް ވެސް ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނެތް ކަމަށެވެ. އެގޮތުން މިހާރު ފެނިގެން މިދަނީ ރައްޔިތުންނާއި ނުގުޅި ކަންކަން ކުރައްވާތީ އެކަމުގެ ހިތި ނަތީޖާ ކަމަށާއި ބޭރުގެ އެހެން ޤައުމުތަކުން ވެސް ރާއްޖޭގެ ރައްޔިތުން ނުރުހޭ ކަންތައްތަކެއް ނުކުރާނެ ކަމަށެވެ.

 

ރައީސް ޔާމިން ކަންކަމާ ދިމާލަށް މިސްރާބް ޖައްސަވަނީ މުޅިން އެހެން މަގަކުން ކަމަށްވާއިރު ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ކަންކަމުގައި އަމަލުކުރައްވަނީ އެގޮތަށް ކަމަށާއި މިފަހަރުގެ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުކުރެވޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.  

 

"އެމްޑީޕީން މިއުޅެނީ އިންތިހާބު ނުބާއްވައިގެން. ސަރުކާރުން ކެންޑިޑޭޓުން ނަގާފައި ހުރި ގޮތެއްވެސް ނޭނގޭ. އެކި ގޮތް ގޮތުން އިންތިގާބު ފަސްކުރަން މި މަސައްކަތް ކުރަނީ. އިންތިހާބު ހަތަރު ވަނަ ފަހަރަށް މިމަސައްކަތް ކުރީ. އެމްޑީޕީގެ ލީޑަރޝިޕްއިން މިމަސައްކަތް ކުރަނީ ފަޙްރުވެރިވާ މަސައްކަތްތެއް މިކުރަނީ" ނިޒާރު ވިދާޅުވި އެވެ.

 

އެމްޑީޕީ ބަލިކޮށްފައި މިސަރުކާރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްއިރު ރައީސް ޔާމިންއަކީ އެއްވެސް ސިޔާސަތެއް ނެތް ވެރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

 

އިންސާފްވެރި އިންތިޚާބެއް ބާއްވައިގެން ރައީސް ޔާމިންއަކަށް ކާމިޔާބެއް ނުކުރެވޭނެ ކަމަށް ވިދާޅުވަމުން މިއީ ރިޔާސީ އިންތިހާބާއި ކުޅެން ކުޅޭ ކުޅިގަނޑެއް ކަމަށް ނިޒާރު ވިދާޅުވި އެވެ.

 

ރައީސް ޔާމިންއަށް ވުރެ ބޮޑަށް މިނިވަން ވިޔަފާރިއަށް އެމްޑީޕީން ތާއިދު ކުރާ ކަމަށާއި އެހެންނަމަވެސް މިޤައުމުގައި ރައްޔިތުން ނުރުހޭ ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވި ނިޒާރު އެވެ.

 

"ފ.އަތޮޅުގައި ކުރަން އުޅޭ ކަމެއް ނޭނގިގެން ރައްޔިތުންގެ ތެރޭގައި އޮތީ ކަންބޮޑުވުން. އިދިކޮޅު ފަރާތްތަކަށް އެއްވެސް ފުރުޞަތެއް ނުދޭ. ފުލުހުން ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކަށް ދަނި ފުރައްސާރަ ކުރަމުން. ރައްޔިތުން ނުރުހޭ ކަމެއް ބޭރުގެ ފަރާތްތަކުން ނުކުރާނެ" ނިޒާރު ވިދާޅުވި އެވެ.

 

ލާމަރުކަޒީ ނިޒާމަކީ ރައީސް ޔާމިން ދަންނަ ސިޔާސަތެއް ނޫން ކަމަށްވާއިރު ޕީޕީއެމްއިން ރައްޔިތުންގެ ގާތަކަށްގޮސް ދައްކާނެ މާ ގިނަ ވާހަކަތަކެއް ނެތްކަމަށް ނިޒާރު ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް އެމްޑީޕީން ރައްޔިތުންނަށް ދެވޭނެ އުއްމީދެއް އެބައޮތް ކަމަށް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް