ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ސްވިމިންގް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް އިމްއާން އަދި ސައުސަން ގައުމީ ރެކޯޑް އާކޮށްފިއެވެ.
ނޭޕާލުގެ ނެޝަނަލް ސްވިމިންގ ޕޫލުގައި އާދިއްތަ ދުވަހު ކުރިޔަށްދިޔަ 50 މީޓަރު ބެކްސްޓްރޯކް ގައި ވާދަކޮށް އިމްއާން ގައުމީ ރެކޯޑް އާކުރީ 00:29:44 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފިރިހެން 50 މީޓަރު ބެކްސްޓްރޯކް ކުރިން ހެދި ފެތުން ތެރިޔާ ރެކޯޑް ހަދައިފައިވަނީ 00:31:02 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އާދިއްތަ ދުވަހު ކުރިޔަށްދިޔަ އަންހެން 50 މީޓަރު ބެކްސްޓްރޯކް ގެ ގައުމީ ރެކޯޑް ސައުސަން އާކޮށްފައިވަނީ 00:33:89 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް ކުރިން އޮތް ފެތުންތެރިޔާ މި ރެކޯޑް އާކޮށްފައިވަނީ 00:34:02 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ފިރިހެން 50 މީޓަރު ބެކްސްޓްރޯކްގެ ފިރިހެން ކެޓެގަރީގައި ރާއްޖޭގެ އިމްއާންގެ އިތުރުން ހާއިޝް ވެސް ވަނީ ފަތައިފައެވެ. އޭނާ ރޭސް ނިންމީ 00:30:98 ސިކުންތުންނެވެ. ކުރިޔަށްދިޔަ އަންހެން 50 މީޓަރު ބެކްސްޓްރޯކްގައި ރާއްޖޭގެ ފެތުންތެރިޔާ ހަމްނާ ވެސް ވަނީ ފަތައިފައެވެ. އޭނާ މި ރޭސް ނިންމީ 00:35:89 ސިކުންތުންނެވެ.
މި މުބާރާތުގައި އިމްއާން ހެދި ފުރަތަމަ ރެކޯޑަކީ 200 މީޓަރު ބެކްސްޓްރޯކްގެ ގެ ފައިނަލުގައި 02:24.26 ސިކުންތުން ރޭސް ނިންމައިގެން ހެދި ރެކޯޑް އެވެ. އޭގެ ކުރިން އެ ރެކޯޑް ހަމަ އޭނާ އާ ކުރީ މި މުބާރާތުގެ 200 މީޓަރު ބެކްސްޓްރޯކް ގައި އޭނާ ވާދަކުރި ފުރަތަމަ ހީޓް ބުރުގަ އެވެ. އެއީ 2:26.78 ސިކުންތުން ރޭސް ނިންމައިގެންނެވެ.