އިޓަލީގެ ފުޓްބޯޅައިގެ ގަދަ ބާރު ކަމަށް ޔުވެންޓަސް މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑް ލާޒިއޯ އިން މުގުރާލާއި، މި ސީޒަނުގެ ފުރަތަމަ ބައްޔާއި ޔުވެންޓަސް ކުރިމަތިލާން ޖެހިއްޖެެއެވެ.
ލާޒިއޯ އަތުން ޔުވެންޓަސް ބަލިވީ 3-1 ގެ ނަތިއްޖާ އިންނެވެ. މެޗްގެ ފުރަތަމަ ގޯލް ޖެހީ ޔުވެންޓަސް އިންނެވެ. މެޗްގެ 25 މިނިޓްގައި އުރުގުއޭގެ މިޑިފީލްޑަރ ރޮޑްރިގޯ ބެންޓަންކުރް ދިން ޕާހަކުން ގޯލް ކާމިޔާބު ކުރީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
އެއަށްފަހު ފުރަތަމަ މެޗްގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލުއިޒް ފެލިޕޭ ވަނީ ލާޒިއޯ އަށް ގޯލެއް ކާމިޔާބު ކޮށްދީ މެޗްގެ ނަތިޖާ ހަމަހަމަ ކޮށްދީފައެވެ. ލާޒިއޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗްގެ ދެވަނަ ހާފުގެ މެދު ތެރެއިން ލާޒިއޯގެ ލައްޒަރީ އަށް ޔުވެންޓަސް އަށް ކުޅޭ ކޮލަމްބިއާގެ ހުއާން ކުއަޑްރާޑޯ ކުރި ފައުލާކައި ގުޅިގެން ރަތް ކާޑެއް އޭނާ އަށް ދައްކައި ދަނޑުން ބޭލުވިއެވެ.
10 މީހުންނާއި އެކު ކުޅެމުން ދިޔަ ޔުވެންޓަސް އާ ދެކޮޅަށް ލާޒިއޯ އިން ގިނަ ހަމަލާތަކެއް އުފައްދައި، އެ ޓީމަށް ޕެނަލްޓީއެއްް ވެސް ލިބުނެވެ. އިމޯބިލް އަށް ލިބުނު ޕެނަލްޓީ ޔުވެންޓަސްގެ ކީޕާރު ވޮއިޗިކް ޝެޒްނީ ވަނީ ވަރަށް ހުށިޔާރު ކަމާއި އެކު މަތަކޮށްފައެވެ.
ދެވަނަ ހާފުގައި ޔުވެންޓަސް އިންވެސް ގިނަ ހަމާާލާތަކެއް ލާޒިއޯގެ ގޯލަށް އަމާޒުކޮށްފައެވެެ. ލާޒިއޯގެ ފަހު ދެގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާގެޖް އާއި ފެލިޕޭ އެވެ.
ރޭގެ މެޗްގެ ނަތިޖާއެކު ޔުވެންޓަސް އޮތީ ލީގުގެ ޓޭބަލުގައި 36 ޕޮއިންޓާއި އެކު ތާވާލުގެ ދެވަނާގައެވެ. ލާޒިއޯ އޮތީ ތިންވަނާއި އެކު 33 ޕޮއިންޓާއެކުއެވެ.