ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 20:34
އަންހެން ކްރިކެޓް ޓީމް ނޭޕާލްގައި
އަންހެން ކްރިކެޓް ޓީމް ނޭޕާލްގައި
ޓްވިޓަރ
ސައުތު އޭޝިއަން ގޭމްސް 2019
ސައުތު އޭޝިއަން ގޭމްސް: ރާއްޖޭގެ ފުރަތަމަ އަންހެން ކްރިކެޓް ޓީމްގެ ފުރަތަމަ މެޗް ހޯމަ ދުވަހު
މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސް 2019ގައި ރާއްޖޭގެ އަންހެން ކްރިކެޓް ޓީމް ހޯމަ ދުވަހު ނިކުންނާނީ މުބާރާތް ބާއްވާ ގައުމުކަމަށްވާ ނޭޕާލްއާ ދެކޮޅަށް
ޓީމް ދެން ކުޅޭނީ ލަންކާއާއި ބްންގްލަދޭޝްއާއެކު

ރާއްޖޭގެ ފުރަތަމަ ގައުމީ އަންހެން ކްރިކެޓް ޓީމުގެ ފުރަތަމަ މެޗު ހޯމަ ދުވަހު ކުޅޭނެއެވެ.

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސް 2019ގައި ރާއްޖޭގެ އަންހެން ކްރިކެޓް ޓީމު ހޯމަ ދުވަހު ނިކުންނާނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ނޭޕާލްއާ ދެކޮޅަށެވެ.

މި ޓީމުގެ ދެވަނަ މެޗު އޮންނާނީ ސްރީ ލަންކާއާއެކު، ބުދަ ދުވަހެވެ. އަދި ތިންވަނަ މެޗު ކުޅެން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ބަންގްލަދޭޝާއެކުއެވެ.

މިއީ ދިވެހި އަންހެން ކްރިކެޓް ޓީމެއް މިފަދަ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި ޓީމުގެ ކޯޗް، ސްރީލަންކާގެ ކުރީގެ ކްރިކެޓް ގައުމީ ޓީމުގެ ކުޅުންތެރިއެއްކަމަށްވާ ޕަދުމާ ކަރުނަރަތުނާ، ޓީމްއާ ހަވާލުވެފައިވަނީ ނިމިގެންދިޔަ ނޮވެމްބަރު މަހުގެތެރޭގައެވެ.

ކްރިކެޓް ބޯރޑުން ބުނެފައިވަނީ ރާއްޖޭގެ އަންހެން ކްރިކެޓް ކުރިއެރުވުމަށް ޕަދުމާ ގެ ސަބަބުން އިތުރަށް މަގު ފަހިވެގެންދާނެ ކަމަށާއި، މިއީ ރާއްޖޭގެ ކްރިކެޓް ހަޔާތުގައި ފާހަގަ ކޮށްލަން ޖެހޭވަރުގެ ކަމެއް ކަމަށެވެ.

ފުރަތަމަ ފަހަރަށް ގައުމީ އަންހެން ކްރިކެޓް ޓީމު އެކުލަވާލާފައި މިވަނީ އަންހެން ކްރިކެޓް ޑެވެލޮޕްމަންޓް ޕްރޮގްރާމު ހިންގަން ފެށިތާ އަހަރުތަކެއް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް