Advertisement
ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 01:02
ފެނަކަ ކޯޕްރޭޝަންގެ ބިޒަނަސް ޕްލޭން ހެދުމުގެ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން
ފެނަކަ ކޯޕްރޭޝަންގެ ބިޒަނަސް ޕްލޭން ހެދުމުގެ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން
ޓްވިޓަރ
ފެނަކަ
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
މަސައްކަތް ނިންމަން ޖެހެނީ ތިން މަސް ތެރޭ

ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒްކޮށް ފެނަކަ ކޯޕްރޭޝަންގެ ބިޒްނަސް ޕްލޭން ހެދުމުގެ މަސައްކަތް 57،000 ޑޮލަރަށް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

ފެނަކައިގެ ފަސް އަހަރު ދުވަހުގެ ބިޒްނަސް ޕްލޭން ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ކޮންސެލްޓެންސީ އޮޑިޓިން އަދި ޕްރޮފެޝަނަލް އެހެން ހިދުމަތްތައް ފޯރުކޮށްދޭ އިނގިރޭސީ ވިލާތުގެ މަލްޓިނޭޝަނަލް ކުންފުނި ޑެލޮއިޓް ޓޫޝް ޓޮމަހަޓްސޫ ލިމިޓެޑުން އިންޑިއާގައި ހިންގާ ސަބްސިޑަރީ ޑިލޮއިޓް އިންޑިއާއާއެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގް ޑައިރެޖްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މިހާތަނަށް ފެނަކަ ހިންގަމުން ގެންގޮސްފައި ވަނީ އެއްވެސް މިސްރާބެއް ނެތި ކަމަށެވެ. އެގޮތުން މިހާތަނަށް ވެސް ފެނަކަ ހިންގުމަށްޓަކައި އެއްވެސް ބިޒަނަސް ޕްލޭނެއް ހަދާފައި ނެތް ކަމަށާއި ނަމަވެސް ކުރިއަށް ފަސް އަހަރަށް އަމާޒުކޮށްގެން ހަދާ މި ބިޒްނަސް ޕްލޭންގެ ސަބަަބުން ފެނަކައިގެ މިސްރާބް ކެނޑައެޅި ކުންފުންޏަށް ރަނގޅު އިސްލާހީ ބަދަލެއް އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އިންޑިއާގެ ކުންފުންޏާ މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ތިންމަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން މިއަހަރުގެ ޖޫން މަހަށް މަސައްކަތް ނިންމަން ޖެހޭނެ ކަމަށް އެއްބަސްވެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް