Advertisement
ކ. މާލެ
|
17 މާރޗް 2017 | ހުކުރު 23:26
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް
މުހައްމަދު ޝަރުހާން
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކަށް 2،000 މީހުން ޑޮކްޓަރަށް ދައްކައިފި
ތާޖުއްދީނުގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވާފައި

މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އައިޖީއެމްއެޗުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ގާތްގަނޑަކަށް 2،000 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ، ބުރާސްފަތި ދުވަހު، އެ ހޮސްޕިޓަލަށް 582 މީހުން ފްލޫ ކްލިނިކަށް ދައްކާފައިވާ ކަަމަށެވެ. މީގެ ތެރޭގައި ފަސް އަަހަރުން ދަށުގެ 106 ކުދިން ހިމެނޭ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މިހާތަނަށް އެ ހޮސްޕީޓަލުގައި 14 މީހަކު އެޑްމިޓްކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަތޮޅު ތެރޭގައި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ބުރާސްފަތި ދުވަހުގެ ނިއަލަށް 34 މީހުން ވަނީ އެޑްމިޓްކުރެވިފަ އެވެ.

ވިލިމާލޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު އެ ހޮސްޕިޓަލަށް ބުރާސްފަތި ދުވަހު 54 ހަތަރު މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކާއި ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ތާޖުއްދީން ސްކޫލުގައި އައިޖީއެމްއެޗުގެ ފްލޫ ކްލިނިކް ގާއިމްކޮށްފައިވާ އިރު 24 ގަޑިއިރު އެ ކްލިނިކްގެ ހިދުމަތް ލިބިގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. ފްލޫ ކްލިނިކް ހުޅުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް