Advertisement
ކ. މާލެ
|
17 މާރޗް 2017 | ހުކުރު 23:05
އިންފްލުއެންޒާ އެޗްވަންއެންވަން
އިންފްލުއެންޒާ އެޗްވަންއެންވަން
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން
އިތުރު ތިން މީހުންނަށް އެޗަވަންއެންވަން ޖެހިއްޖެ
އިންފްލުއެންޒާއަކީ މޫސުމީ ބައްޔެއް
ބަލިން ރައްކާތެރިވުމަށް މީހުން އުޅޭ ސަރަހައްދުތަކަށް ނުދިއުމަށް ވަނީ އެދިފަ

ބުރާސްފަތި ދުވަހުގެ ނިއަލަށް އިތުރު ތިން މީހުން އެޗްވަންއެންވަން އަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފި އެވެ.

ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 108 މީހުން އިންފްލުއެންޒާ އެޗްވަންއެންވަން އަށް ޕޮސިޓިވްވެފައިވާ އިރު މި ބަލި ޖެހުނު ގިނަ މީހުން މިހާރު ރަގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މި ބަލީގައި ދެމީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. މަރުވެފައި ވަނީ 26 އަހަރުގެ ފިރިހެނަކާއި 51 އަހަރުގެ އަންހެނެކެވެ. މިދެ މީހުން ވެސް މަރުވެފައިވަނީ އައިޖީއެމްއެޗުގަ އެވެ. މިހާރު ރާއްޖޭގައި ފެތުރެމުންދާ އަރިދަފުސްރޯގާއާ ގުޅިގެން މާލޭގައި 1،153 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު އަތޮޅުތަކުން މިހާތަނަށް 1،151 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަރިދަފުސްރޯގާ އެންމެ ގިނަ އިން ފެތުރެމުންދަނީ ލ. އަތޮޅާއި ރ. އަތޮޅުގެ އިތުރުން ހދ. އަތޮޅުގައެވެ. އެގޮތުން ލ. އަތޮޅުގެ ފްލޫ ކްލިނިކަށް 167 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު އަތޮޅުގެ ފްލޫ ކްލިނިކަށް 150 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. މީގެ އިތުރުން ހދ އަތޮޅުގެ ފްލޫ ކްލިނިކަށް 129 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

މިހާތަނަށް އެޗްވަންއެންވަން އަށް 343 މީހުން ޓެސްޓްކޮށްފައިވާ އިރު ޓެސްޓް ކުރި މީހުންގެ ތެރެއިން 31 ޕަސެންޓް އެބައްޔަށް ޕޮސިޓިވް ވެފައި ވެއެވެ. މި ބައްޔަށް ކޮންމެ ދުވަހަކު ވެސް ގިނަ އަދަދަދެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރެވެމުންދާ އިރު ޓެސްޓް ކުރުމަށް އައިޖީއެމްއެޗުގައި ދެ މެޝިން ބެހެއްޓިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެޗްޕީއޭ އިން ވަނީ މި ބައްޔަކީ ވެސް އާއްމުކޮށް މިއުޅޭ ފަދަ ފްލޫއަކަށް ވުމާ އެކު އެބައްޔަށް ފަރުވާ ހޯދުމުގައި ބޮޑުވަރު ނުވާ މީހުން ކޮންމެހެން ފްލޫ ކްލިނިކްތަކަށް ނުދިއުމަށް އެދިފަ އެވެ. އެގޮތުން ހާލު ދެރަނުވާ ހާލަތުގައި ފްލޫ ކްލިނަކަށް ދިއުމުން، ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އިންފްލުއެންޒާ ޖެހުމަށް އޮތް ފުރުސަތު ބޮޑުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ވަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ރަގަޅުވެފައިވާކަން ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް މި ބަލިޖެހެމުންދާ އިރު ބަލިން ރައްކާތެރިވުމަށްޓަކައި މީހުން ގިނައިން އުޅޭ ސަރަހައްދުތަކަށް ނުދިއުމަށާއި، ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނަ އިން ދިޔާ އެއްޗެހި ބުއި މަށާއި، ގައިގާ ފެން ހޭކުމަށް އެދިފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް