ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 20:01
އަތޫފް (ކ) އަދި ޒައިދު (ވ)
އަތޫފް (ކ) އަދި ޒައިދު (ވ)
ރާއްޖެއެމްވީ
ސައުތު އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް: ކަވަރ ކުރަން ރާއްޖެ ޓީވީގެ ޓީމެއް ނޭޕާލަށް!
ގޭމްސް ކަވަރ ކުރަން 15 މީޑިއާ މީހުން ރާއްޖެއިން ނޭޕާލަށް ދާނެ

އަންނަ އާދީއްތަ ދުވަހު ފަށާ ސައުތު އޭޝިއަން ގޭމްސް ކަވަރ ކުރަން ރާއްޖެ ޓީވީގެ ވީޑިއޯ ޖާނަލިސްޓް އަބްދުﷲ އަތޫފް އާތިފާއި، ކެމަރާމެން ޒައިދު އަބްދުﷲ ނޭޕާލަށް ފުރައިފިއެވެ.

ގޭމްސްގެ އެންމެ ފަހުގެ މަޢުލޫމާތު އަތޫފް އާއި ޒައިދު މެދުވެރިކޮށް ރާއްޖެ.އެމްވީ އަދި ރާއްޖެ ޓީވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގޭމްސް ނުރަސްމީކޮށް ބުދަ ދުވަހު ފަށާފައިވާއިރު، ގޭމްސްގެ އެންމެ ފަހުގެ މައުލޫމާތު މިހާރުވެސް ރާއްޖެ.އެމްވީ އަދި ރާއްޖެ ޓީވީން އަންނަނީ ގެނެސް ދެމުންނެވެ.

މިއީ ގޭމްސްއެއް ކަވަރ ކުރަން ޒުވާން ނުސްވެރިޔާ އަތޫފް އަދި ޒައިދު ދަތުރުކުރާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ ގޭމްސްއަށް ޖުމްލަ 6 މީޑިއާއަކުން 14 މީހަކު ދާއިރު، ފާހަގަކޮށްލަންޖެހެނީ ފަހަކަށް އައިސް މީޑިއާތަކަށް ބައިނަލްއަގުވާމީ ގޭމްސް އަދި މުބާރާތްތައް ކަވަރ ކުރަން ދޭ ފުރުސަތުތައް އިތުރުވެފައިވާ ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް