ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 18:57
އަންހެން ވޮލީ ޓީމު
އަންހެން ވޮލީ ޓީމު
ފޭސްބުކް
ސައުތު އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް: މެޗެއް ނުކުޅެ އަންހެން ވޮލީ ޓީމު ސެމީއަށް
އަންހެން ވޮލީ ޓީމަށް ސެމީން ޖާގަ ލިބުނީ މުބާރާތުން ޕާކިސްތާން ވަކިވުމުން

ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީ އިވެންޓުގައި މެޗެއް ނުކުޅެ ގައުމީ އަންހެން ވޮލީ ޓީމު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގައުމީ ވޮލީ ޓީމަށް ސެމީފައިނަލުން ޖާގަ ކަށަވަރުވީ ބުދަ ދުވަހު ރާއްޖެ އަދި ޕާކިސްތާން މެޗު ކުޅެން ހަމަޖެހިފައި އޮއްވައި، އެ އިވެންޓުން ޕާކިސްތާން ނަން އަނބުރާ ނެގުމުންނެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ ޕާކިސްތާނާއި ސްރީލަންކާއާއެކު ގްރޫޕް ބީގައެވެ. ސެމީން ޖާގަ ލިބެނީ އެންމެ ރަނގަޅު ދެ ޓީމަށެވެ. ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ނިކުންނާނީ އަންނަ ހުކުރު ދުވަހުއެވެ.

އެގޮތުން ރާއްޖެއިން ސްރީލަންކާ ބަލިކޮށްފިނަމަ، ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އިންޑިއާ އާއި ނޭޕާލްގެ އިތުރުން ބަންގްލަދޭޝްއެވެ. ސެމީގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ އިންޑިއާ ނުވަތަ ނޭޕާލާއެވެ.

ނިމިދިޔަ އޭވީސީ ސީނިއަރ ވިމެންސް ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެއިން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. ނަމަވެސް ފައިނަލުގައި ރާއްޖެ ވަނީ ނޭޕާލް އަތުން ބަލިވެފައެވެ. އެ މުބާރާތުގައި ރާއްޖެއަށް ލިބުނު ރިހި މެޑެއްޔަކީ މީހާތަނަށް އަންހެން ވޮލީ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް