ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 19:10
ދަބްންގް ދޭއެއްގެ މަންޒަރެއްގައި ސަލްމާން ހާން
ދަބްންގް ދޭއެއްގެ މަންޒަރެއްގައި ސަލްމާން ހާން
ޒީ ނިއުސް
ދަބަންގް 3
ދަބަންގް 3: މުންނާ ބަދްނާމް ހުއާގެ ޓީޒާއެއް އާންމުކޮށްފި
ދަބަންގް 3 ގައި ސަލްމާން ފެނިގެން ދަނީ 20 އަހަރުގެ ޗުލްބުލް ޕާންޑޭގެ ރޯލުން
ފިލްމް ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރާނެ
ދަބަންގްގެ ފުރަތަމަ ބައި ނެރެފައިވަނީ 2010 ވަނަ އަހަރު

ފިލްމް "ދަބަންގް3" ގެ މުންނާ ބަދްނާމް ހުއާގެ ޓިޒާއެއް އާންމުކޮށްފިއެވެ.

މި ލަވައިގެ ޓީޒަރ އާންމުކުރުމާއި ގުޅިގެން ސަލްމާން ޚާން ގެ ފޭނުންނަށް ތިބީ މި ލަވަ ރިލީޒް ކުރާނެ ދުވަހަކަށް މިހާރު ކެތް މަދުވެފައެވެ. އެ ލަވަ މި މަހުގެ 30 ވަނަ ދުވަހު އާންމުންކުރާނެ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ދަބަންގް 3 ގައި ސަލްމާން ފެނިގެން ދަނީ 20 އަހަރުގެ ޗުލްބުލް ޕާންޑޭގެ ރޯލުންނެވެ. މި ފިލްމް މި އަަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

އަރްބާޒް ޚާން ޕްރޮޑިއުސްކުރާ މި ފިލްމުގައި ނުބައި ރޯލުން ފެނިގެން ދާނީ ކަންނަޑާ ފިލްމުތައް ކުޅޭ މަޝްހޫރު އެކްޓަރު ސުދީޕްއެވެ. މީގެ ކުރިން ދަބަންގްގައި ޕްރަކާޝް ރާޖްގެ އިތުރުން ސޯނު ސޫދުވެސް ވަނީ ވިލަންގެ ރޯލް ކުޅެފައެވެ.

ދަބަންގްގެ ފުރަތަމަ ބައެއް 2010 ވަނަ އަހަރު ނެރެފައިވާ އިރު މިފިލްމުގެ ދަވަނަ ބައެއް ނެރެފައިވަނީ 2012 ވަނަ އަހަރުއެވެ. މި ފިލްމުތަކަށް ވެސް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް