ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާން އަތުން ބަލިވެއްޖެއެވެ.
ނޭޕާލުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުން ޕާކިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ޕާކިސްތާނުން ގެންދިޔައީ 16-25، 23-25 އަދި 15-25 އިންނެވެ.
ފިރިހެން ވޮލީ އިވެންޓުގައި ޖުމްލަ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ސެމީއަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެކެވެ. މި މުބާރާތުގައި ހުކުރު ދުވަހު ރާއްޖެއިން ނިކުންނާނީ ސްރީލަންކާ އާއި ދެކޮޅަށެވެ. ރާއްޖެއަށް ސެމީގެ ޖާގަ ކަށަވަރުވާނީ ސްރީލަންކާއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗު ކާމިޔާބުކޮށްގެންނެވެ.
މި އަހަރުގެ އޯގަސްޓް މަހު ރާއްޖެއިން ވަނީ މާލޭގައި ސްރީލަންކާއާ ދެކޮޅަށް ތިން ރަހުމަތްތެރިކަމުގެ މެޗު ކުޅެފައެވެ. އެ ތިން މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ.
ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ސްރީލަންކާއާ ދެކޮޅަށް ނިކުންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މުބާރާތުގެ އަނެއް ގްރޫޕްގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އަދި ނޭޕާލްއެވެ.
މި މުބާރާތަށް ރާއްޖެ ނިކުތީ އާ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗްގެ އިރުޝާދުގެ ދަށުންނެވެ. މުބާރާތުގައި ރާއްޖޭގެ ޓާގެޓަކީ މެޑެއްޔެއް ހޯދުމެވެ. މި މުބާރާތުގައި ހުކުރު ދުވަހު ރާއްޖެއިން ނިކުންނާނީ ސްރީލަންކާ އާއި ދެކޮޅަށެވެ.