ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 19:15
ޓޮޓެންހަމް އަދި އޮލިމްޕިއާކޯސް ބައްދަލުކުރި މެޗުގެ ތެރެއިން
ޓޮޓެންހަމް އަދި އޮލިމްޕިއާކޯސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ޓޮޓެންހަމް ދަތުރުކޮށްފި
މި މެޗު ޓޮޓެންހަމް އިން ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާ އަކުން

ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ހޮޓްސްޕަރ އިން ކުޅުނު ފުރަތަމަ މެޗު ފަހަތުން އަރައި އޮލިމްޕިއާކޯސް ބަލިކޮށް ޓޮޓެންހަމް އިން ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދައިފައެވެ.

މި މެޗު ޓޮޓެންހަމް އިން ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާ އަކުންނެވެ.

މި މެޗު ފަށައިގެން އޮލިމްޕިއާކޯސް އިން ވަނީ ޓޮޓެންހަމްގެ ގޯލަށް ނުރައްކާކޮށްފައެވެ. މި މެޗުގެ ހަވަނަ މިނެޓުގައި އޮލިމްޕިއާކޯސް އިން ލަނޑު ޖަހާ ލީޑު ނަގައިފައިވާއިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޔޫސުފް އަލް އަރަބްއެވެ. މި ލަނޑަށްފަހު ވެސް އޮލިމްޕިއާކޯސް އިން ވަނީ ޓޮޓެންހަމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި އޮލިމްޕިއާކޯސް އިންވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރުބެން ސެމެޑޯއެވެ. މި ލަނޑާއެކު ޓޮޓެންހަމް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް އޮލިމްޕިއާކޯސްގެ ގޯލަށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ 45 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޑެލެ އަލީ ވަނީ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާ އަކުން އޮލިމްޕިއާކޯސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޓޮޓެންހަމް އިން ދިޔައީ އޮލިމްޕިއާކޯސްގެ ގޯލަށް ފުލުފުލުގައި ހަމަލާތައް އުފައްދައިފައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި

ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ 2-2 ކަށް ބަދަލުކޮށްލައިފައެވެ.

މި ލަނޑަށްފަހުވެސް ޓޮޓެންހަމްއިން ދިޔައީ އެޓީމްގެ އެޓޭކްތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ސާރޖް އާރިއަރ ވަނީ ލަނޑުޖަހައި މެޗުގެ ލީޑު އެޓީމަށް ހޯދައިދީފައެވެ. މެޗުން ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.

މި ނަތީޖާ އާއި އެކު ޓޮޓެންހަމް އިން ގްރޫޕް "ބީ"ގެ ދެވަނައިގައި 10 ޕޮއިންޓާއެކު އޮތް އިރު އެއްވަނައިގައި އޮތް ބަޔާން މިޔުނިކް އަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. އަދި މެޗުން ބަލިވި އޮލިމްޕިއާކޯސް ގްރޫޕްގެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް