ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 09:34
މިނިސްޓަރ މަހްލޫފް (ކ) ޑރ ގްރާސާ (މ) މަރްޒޫގް (ވ)
މިނިސްޓަރ މަހްލޫފް (ކ) ޑރ ގްރާސާ (މ) މަރްޒޫގް (ވ)
ޓްވިޓަރ
މިނިސްޓަރ މަހްލޫފް
އެފްއައިވީބީގެ ރައީސް ސްޕޯރޓްސް މިނިސްޓަރާ ބައްދަލުކުރައްވައިފި
ރާއްޖޭގެ ވޮލީގެ ހާލަތު ވަނީ ގޯސްވެފައި

ދުނިޔޭގެ ވޮލީ ބޯޅައިގެ މައި އިދާރާ އެފްއައިވީބީގެ ރައީސް ޑރ ގްރާސާ, ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު، އަހްމަދު މަޚްލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް ބައްދަލުކުރައްވައިފިއެވެ.

ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަޚްލޫފް އާއި އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް އެފްއައިވީބީގެ ރައީސް އާއި ބައްދަލު ކުރައްވައިފައިވާ މި ދަނޑިވަޅަކީ ރާއްޖޭގެ ވޮލީގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެކެވެ.

މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވޮލީގެ ހާލަތުގެ ތަފުޞީލު އެފްއައިވީބީގެ ރައީސް ގްރާސާއާ ހިއްސާކުރައްވާފައިވާ ކަމަށާއި އަދި މި ހާލަތުން ރާއްޖޭގެ ވޮލީ އަރައިގަންނާނެ ގޮތަކާއި މެދު މަޝްވަރާވެސް ކުރައްވައިފައިވާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުން އެފްއައިވީބީގެ ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށާއި އަދި ސަރުކާރުގެ ފަރާތުން ވޮލީ އެސޯސިއޭޝަނަށް އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމަށެވެ.

ރާއްޖޭގައި ވޮލީގެ ހާލަތު ގޯސްވެފައިވާއިރު، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ދެވަނަ ފަހަރަށް ސްޕޯޓްސް ކޮމިޝަނުން ވަނީ އިންޓަރިމް ކޮމިޓީއާއި ހަވާލުކޮށްފައެވެ.

އަހްމަދު މަހްލޫފް (ކ) ޑރ ގްރާސާ (ވ)

މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުން އެފްއައިވީބީގެ ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށާއި އަދި ސަރުކާރުގެ ފަރާތުން ވޮލީ އެސޯސިއޭޝަނަށް އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމަށެވެ.

ރާއްޖޭގައި ވޮލީގެ ހާލަތު ގޯސްވެފައިވާއިރު ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ދެވަނަ ފަހަރަށް ސްޕޯޓްސް ކޮމިޝަނުން ވަނީ އިންޓަރިމް ކޮމިޓީއާއި ހަވާލުކޮށްފައެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ވީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ހާޒިރުވެ ތިބި މެމްބަރުންގެ އިއްތިފާގުން ފާސްކުރުމާއި ގުޅިގެން އިންތިހާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި ވީއޭއެމްއިން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެމްބަރުންގެ އިންޓަރިމް ކޮމެޓީ އެއް އެކުލަވައިލާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް