ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 08:48
ޅަވިޔަނި ފުޓްސެލް ޗެލެންޖްގެ ތެރެއިން
ޅަވިޔަނި ފުޓްސެލް ޗެލެންޖްގެ ތެރެއިން
ސޯޝަލް މީޑިއާ
ޅަވިޔަނި ފުޓްސެލް ޗެލެންޖް 2019
ޅަވިޔަނި ފުޓްސެލް ޗެލެންޖް 2019: ސްކޯޕިއަންސް އިން ޗެމްޕިއަންކަން ހޯދައިފި
ފައިނަލް މެޗު ސްކޯޕިއަންސް އިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާ އަކުން

ޅ. ހިންނަވަރު އިޖުތިމާއީ މަރުކަޒާއި، ހިންނަވަރު ކައުންސިލާއި، ހިންނަވަރު ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ޅަވިޔަނި ފުޓްސެލް ޗެލެންޖްގެ ރިވަރ ސައިޑް ބަލިކޮށް ސްކޯޕިއަނުން ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މެޗް ސްކޯޕިއަންސް އިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ސްކޯޕިއަންގެ އަހްމަދު އަވީން އެ ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު، މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މުހައްމަދު މައުރޫފް ހުސެއިން ވެސް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. ރިވަރ ސައިޑްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނާޒިހު، ޝިޔާހު އަދި ޒިޔާދެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސްކޯޕިއަންސްގެ ހުސެއިން ހާފިޒު، ސްކޯޕިއަންސްގެ އަހްމަދު އަވީން، ރިވަރ ސައިޑްގެ އަހްމަދު މޫސާ، އެފްސީ ސެޑޯސްގެ އަހްމަދު ލިޔާހް އަދި ތޯރާ ބޯރާގެ ޒިޔާދު އަހްމަދެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ޓޮޕް ސްކޯރާގެ މަގާމު ހޯދައިފައިވަނީ ސްކޯޕިއަންސްގެ އަހްމަދު އަވީނެވެ.

މި މުބާރާތުގައި މިއަހަރު ހަތް ޓީމަކުން ވާދަކުރިއިރު މި މުބާރާތުގައި ވާދަކުރަނީ ހިންނަވަރުގެ ތިން ޓީމާއި، ނައިފަރުން އެއް ޓީމާއި ފެލިވަރުގެ ދެ ޓީމް އަދި ހިންނަވަރުގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުންގެ ޓީމެކެވެ.

ހިންނަވަރުގައި ބޭއްވޭ ފުޓްސެލް މުބާރާތް ތަކުން ޒުވާން ގިނަ ކުޅުންތެރިންގެ ހުނަރު ފެނިގެންދާއިރު ޅ އަތޮޅުގެ ރަށްރަށުގެ ޓީމުތަކާއި ރިސޯޓު ތަކުން އަންނަނީ މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. އަދި މަޝްހޫރު ގިނަ ކުޅުންތެރިން މުބާރާތް ތަކުގައި ކުޅެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް