ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޠައްޔިބު ޝަހީމް ހައްޔަރުކުރީ ހެލިކޮޕްޓަރުގައި ގެނައި ގިނަ އަދަދެއްގެ އެމެރިޚާ ޑޮލަރު، މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ވެއްދި ކަމަށް ތުޙުމަތުކޮށް ޓްވީޓްތަކެއް ކުރި ފަހުން ކަމަށާއި، އޭނާ ދޫކޮށްލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޠައްޔިބު ހައްޔަރު ކުރުމާ ގުޅިގެން ރައީސް ނަޝީދު ދެ ޓްވީޓެއް ކުރައްވާފައިވާއިރު، އެމަނިކުފާނު ކުރެއްވި ފުރަތަމަ ޓްވީޓްގައި ވިދާޅުވީ، ހެލިކޮޕްޓަރުގައި ގެނައި ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު، މަރުކަޒީ ބޭންކް އެމްއެމްއޭއަށް ވެއްދި ކަމަށް ތުޙުމަތުކޮށް ޓްވީޓްކުރި ފަހުން ސޯޝަލް މީޑިއާ އެކްޓިވިސްޓް ހައްޔަރުކޮށްފައިވާ ކަމަށެވެ. ރައީސް ނަޝިދްގެ ދެވަނަ ޓްވީޓްގައި، އެމަނިކުފާނު ވަނީ، ވަގުތުން ޠައްޔިބު މިނިވަންކުރުމަށާ، ކަޅުފައިސާ ދޮވުމާއި، ކޮރަޕްޝަންގެ ހުރިހާ ތުޙުމަތުތަކެއް ތަޙުޤީޤު ކުރުމަށް ގޮވާލައްވާފައެވެ.
.@Thayyib must be released immediately & all allegations of money laundering and corruption must be investigated. (2/2)
— Mohamed Nasheed (@MohamedNasheed) March 16, 2017
ތޮއްޔިބް ކުރި ޓްވީޓްގައި ބުނެފައިވަނީ އެމްއެމްއޭގެ ދެ މީހުންގެ ބެލުމުގެ ދަށުން އާރަށުގެ ވީވީއައިޕީ ބަންގްލޯ އަށް ސައުދީ ހެލިކޮޕްޓަ އިން ބޭލި 12 ކަޅު ފޮށި އަދި 1 ފިށި ސިލްވާ ވައްދައިފި ކަމަށެވެ.
Breaking: MMA dhemeehunge belumuge dhashun Aarashuge VVIP Bungalow ah Saudi Helicopter in beyli 12 foshi kalhu 1 foshi silver vahdhaifi,
— Thayyib (@thayyib) March 16, 2017
ތޮއްޔިތުގެ އެންމެ ފަހު ޓްވީޓް ކޮށްފައިވަނީ ބްރާސްފަތި ދުވަހުގެ ރޭ 2:55 ގަ އެވެ. އެ ޓްވީޓް ގައި ބުނެފައިވަނީ "ފާތުމަ އާއި ޔަގު މޮޔަ ވިޔަސް މިކަން ހުއްޓްވޭތަ؟" މިހެންނެވެ.
Fathuma aai YAG moya viyas mikan huttuvey tha?
— Thayyib (@thayyib) March 16, 2017
ތައްޔިބް ބްރާސްފަތި ދުވަހުގެ ރޭ ކޮށްފައިވާ އެހެން ޓްވީޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ތިން ރަށެއް ދުބާއީ ޝެއިޚަށް ދޭނެ ކަމަށް ބުނެ، ސަރުކާރުގެ އިސް ފަރާތްތަކަކުން 2015 ވަނަ އަހަރު 78 މިލިއަން ޑޮލަރު ކާލާފައިވާ ކަމަށެވެ.
Breaking: Raajjeyge 3 rasheh Dubai Shaikh ah dheyne kamah bune Sarukaaruge iss faraaithakun 2015 vana aharu vanee USD 78 million kaalaifa
— Thayyib (@thayyib) March 16, 2017
ތޮއްޔިބް ހައްޔަރުކުރުމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.
ދައުލަތުގެ ގިނަ ސިއްރުތަކެއް ތޮއްޔިބު ފަޅާއަރުވާލާފައިވާއިރު، އޭނާއަކީ ރާއްޖޭގެ އެޑްވަޑް ސްނޯޑެން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސްނޯޑެން އަކީ އެމެރިކާގެ ޖާސޫސީ އިދާރާގެ ގިނަ މައުލޫމާތުތަކެއް އާއްމުކޮށް އެގައުމު ބޭޒާރުކޮށްލި އެވެ. ތޮއްޔިބު މިނިވަން ކުރަން މީހުން އަންނަނީ ގޮވާލަމުންނެވެ.
Gaumee dharin nakee annan oiy jeelu thakah, raajje salaamathun gengos dheyn bura masakkaiykura @thayyib fadha dhivehi dharin! #FREETHAYYIB pic.twitter.com/z1uOKZKUca
— Ahmed Nashid (@nashid44482) March 16, 2017
Thayyib is our Edward Snowden. #FreeThayyib
— Mickail Naseem (@MickailNaseem) March 16, 2017
Hedhi goas foruvan meehun hifaa hayyaru kurumakun sirreh nukureveyne. #Freethayyib
— Ahmed Shathir (@AShathir) March 16, 2017
@thayyib hayyaru kurumun aharemenge adeh kanduva eh nuluveyne, mulhi gaumu govanee #Faafu Atoll vikkaanulaashey #SaveFaafu #FreeThayyib pic.twitter.com/GP0NO2Sz2q
— Ibbe' Hinnavaru (@dhombe_) March 16, 2017
Retweeted Ahmed Geem (@ahmed_geem):
— Sidey (@siraa) March 16, 2017
140 akuruge tweet akah vure mi sarukaaru balikashi. #FreeThayyib
Antidemocratic Maldives govt arrests prominent social media activist@thayyib under pressure of Saudi Arabia #FreeThayyib #freemaldives pic.twitter.com/NxoTJ4dGCz
— Shirish Thorat (@shirishthorat) March 16, 2017