ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 08:55
ފިލްމް ހެކްޑްގެ ޝޫޓިންގެ ތެރެއިން
ފިލްމް ހެކްޑްގެ ޝޫޓިންގެ ތެރެއިން
ޓްވިޓަރ
ހެކްޑް
ހީނާ ޚާންގެ ފިލްމު "ހެކްޑް" އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރަނީ
ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގައި
ހީނާއާއެކު ތިން ބަތަލުން ފިލްމުން ފެނިގެންދާނެ
ފިލްމަކީ ވިކްރަމް ބަޓް ޑައިރެކްޓް ކުރާ ފިލްމެއް

މަޝްހޫރު ޓީވީ ބަތަލާ ހީނާ ޚާން އެކްޓްކުރާ ފިލްމް "ހެކްޑް" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގައި ރިލީޒް ކުރަން ނިންމައިފިއެވެ.

ވިކްރަމް ބަޓް ޑައިރެކްޓް ކުރާ މި ރޮމޭންޓިކް ތްރިލަރ ފިލްމްގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައިނުވާއިރު މި ފިލްމުގެ ޝޫޓިން ނިންމާލައި މިހާރު އަންނަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރަމުންނެވެ.

ހީނާ އެންމެ ފުރަތަމަ ފެނިގެންދާނެ ބޮލީވުޑް ފިލްމަކީ ލައިންސްއެވެ. މި ފިލްމް އަދި ރިލީޒްކޮށްފައިނުވާއިރު "ލައިންސް" އަކީ އިންޑިއާގެ ބޯޑަރުގައި ދިރިއުޅޭ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.

"ލައިންސް"ގެ ޑައިރެކްޓަރަކީ ހުސައިން ޚާނެވެ. އޭގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ރާހަތު ކަޒްމީ އާއި ޝަކުތީ ސިންގެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް