ހެޕަޓައިޓިސް ބީ އަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭސް އާސަންދައިގެ ދަށުން އެސްޓީއޯ ފާމަސީން ލިބެން ހުންނާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އަންގާރަ ދުވަހު އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯ ފާމަސީން ބޭސް ލިބެން ހުންނާނެ ކަމަށާއި، ޑޮކްޓަރުގެ ބޭސް ސިޓީ ހުށައެޅުމުން އާސަންދައިގެ ދަށުން ބޭސް ލިބޭނެ ކަމަށެވެ.
Medication for Hepatitis B; now available at STO pharmacy at IGMH, covered by Aasandha. Please present a prescription by a physician #viralhepatitis pic.twitter.com/F38zGX2GmV
— HPA Maldives (@HPA_MV) November 12, 2019
ފުއްޕާމެއަށް ޖެހޭ ބައްޔެއް ކަމަށްވާ ހެޕަޓައިޓިސް ބީ އަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލީގެ ކުރީކޮޅުގައި ފެންނަ ބައެއް އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި، ވަރުބަލި ވުމުގެ އިތުރުން ބަނޑުގައި ރިއްސުން ހިމެނެއެވެ.
މި ބައްޔަށް އެކަށީގެންވާ ފަރުވާ ނުލިބިއްޖެނަމަ ގިނަ ދުވަސްތަކަކަށް ބަލި ދެމިގެންގޮސް އޭގެ ސަބަބުން ނުރައްކާތެރި އެހެން ބަލިތަކަށްވެސް މަގުފަހިވެގެންދެއެވެ.