Advertisement
ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 17:48
މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީގެ \"ދިރިތި\" ޕޯޓަލް ހެލްތް މިނިސްޓަރ އިފްތިތާހުކޮށްދެއްވަނީ
މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީގެ "ދިރިތި" ޕޯޓަލް ހެލްތް މިނިސްޓަރ އިފްތިތާހުކޮށްދެއްވަނީ
ހެލްތު މިނިސްޓްރީ
ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީގެ "ދިރިތި" ޕޯޓަލް އިފްތިތާހުކޮށްފި
ކާބޯތަކެއްޗާއި ބޭހާއި ގުޅޭގޮތުން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް "އޮންލައިން" ނިޒާމެއްގެ ތެރެއިން ވަރަށް ފަސޭހަކަމާއިއެކު ލިބިގެންދާނެ
ބޯރޑަރއިން ދޫކުރާ ހެލްތު ކްލިއަރަންސް ހޯދުމުގެ މަސައްކަތަށް ލުއިފަސޭހަކަމާއިއެކު ދުވެލި އަވަސް ވެގެން ދާނެ

އާއްމުނަށް ފޯރުކޮށްދެމުންދާ ޙިދުމަތްތައް އޮންލައިންކޮށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީ (އެމްއެފްޑީއޭ) އިން ޤާއިމް ކުރި "ދިރިތި" ނަމުގައި ޕޯޓަލްއެއް މިއަދު އިފްތިތާހް ކޮށްފިއެވެ.

ދިރިތި އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ. ބުރާސްފަތި ދުވަހު އިފްތިތާޙް ކުރި "ދިރިތި" ޕޯޓަލް އަކީ އާއްމު ފަރުދުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލުއިފަސޭހަކަމާއިއެކު ދިނުމަށާއި މަސައްކަތުގެ ދުވެލި އަވަސް ކުރުމަށް ސަރުކާރުން މިކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ލުއިފަސޭހަކުރުމަށް ގާއިމްކުރި ޕޯޓަލްއެކެވެ.

Advertisement

"ދިރިތި" ޕޯރޓަލް އިން ކާބޯތަކެއްޗާއި ބޭހާއި ގުޅޭގޮތުން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް "އޮންލައިން" ނިޒާމެއްގެ ތެރެއިން ވަރަށް ފަސޭހަކަމާއިއެކު ލިބިގެންދާނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މި ގޮތުން އެމްއެފްޑީއޭއިން ދޫކުރަމުންދާ ކާބޯތަކެއްޗާއި ބޭހާއި ގުޅޭ ރަޖިސްޓްރޭޝަންތަކާއި ހުއްދަތައް އަދި ބޯރޑަރއިން ދޫކުރާ ހެލްތު ކްލިއަރަންސް ހޯދުމުގެ މަސައްކަތަށް ލުއިފަސޭހަކަމާއިއެކު ދުވެލި އަވަސް ވެގެން ދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ދިވެހިރާއްޖޭގެ ކާބޯތަކެއްޗާއި ބޭސް އިންޕޯޓް އަދި އެކްސްޕޯޓް ވަރަށް ހަލުވި ދުވެއްޔެއްގައި ފުޅާވަމުންދާއިރު، މިތަކެއްޗަށް ބޯރޑަރގައި ދޫކުރަންޖެހޭ ހެލްތު ކްލިއަރަންސް ދޫކުރުމުގެ މަސައްކަތަކީ ކާބޯތަކެއްޗާއި ބޭހުގެ ފެންވަރާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، އެމަސައްކަތުގެ ދުވެލި އަވަސްކޮށް ފެންވަރު އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ވަކިން ޙާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗާއި ބޭހަށް ކްލިއަރަންސް ދިނުން އަވަސްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން "ދިރިތި" މި ޕޯރޓަލް ހުޅުވުމާއިއެކު، އެމްއެފްޑީއޭއިން ކާބޯތަކެއްޗާއި ބޭސް ރެގިއުލޭޓް ކުރުމުގެ ގޮތުން ދޭ ޚިދުމަތްތައް "އޮންލައިން" ނިޒާމެއްގެ ތެރެއިން ފަސޭހަކަމާއިއެކު ލިބިގެންދާނެ އިންތިޒާމް ހަމަޖެހިގެންދާނެ. މި ގޮތުން އެމް.އެފް.ޑީ.އޭއިން ދޫކުރަމުންދާ ކާބޯތަކެއްޗާއި ބޭހާއި ގުޅޭ ރަޖިސްޓްރޭޝަންތަކާއި ހުއްދަތައް އަދި ބޯރޑަރއިން ދޫކުރާ ހެލްތު ކްލިއަރަންސް ހޯދުމުގެ މަސައްކަތަށް ލުއިފަސޭހަކަން ލިބި ދުވެލި އަވަސް ވެގެން ދާނެ. ހަމަ އެހެންމެ، އެމް.އެފް.ޑީ.އޭގެ ގަވާޢިދުތަކާއި އުޞޫލުތައް އަދި އެކި ކަންކަމާއި ގުޅިގެން ނެރޭ އިޢުލާނާއި ކާބޯތަކެއްޗާއި ބޭހުގެ އެލަރޓްތައްފަދަ މުހިއްމު މަޢުލޫމާތުތަކާއި އެންގުންތައް މި ޕޯރޓަލްއިން ލިބެން ހުރުމަކީ އެތަކެތި ހޯދުމަށް އާއްމުންނަށް ދިމާވެފައިވާ ދަތިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން ކަށަވަރު
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރ ވިދާޅުވީ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބޭނުންވާ އެންމެ މުހިއްމު އެއް އަސާސަކީ، ދިވެހިރާއްޖެއަށް އިންޕޯޓް އަދި އެކްސްޕޯޓްކުރާ ކާބޯތަކެއްޗާއި ބޭހުގެ ތަފާސް ހިސާބު ކަމަށެވެ. އަދި މިއީ ދުވަހުން ދުވަހަށް މިކަމަށް ބޭނުންވާ ހުރިހާ މަޢުލޫމާތު ފުރިހަމަޔަށް އަޕްޑޭޓް ކުރަމުންދާންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް، މިހާތަނަށް މި މަސައްކަތް ކުރަމުން އަންނަނީ "މެނުއަލް" ކޮށް ކަމަށްވެފައި މި މަޢުލޫމާތުތައް ބޭނުންވާ ވަގުތަށް ފުރިހަމަ ގޮތުގައި ނުހުންނަ ކަމީ، މި މަސައްކަތް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ދިމާވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެހެންކަމުން، މި ޕޯރޓަލްގެ ތެރެއިން އިންޕޯޓް އެކްސްޕޯޓްކުރާ ކާބޯތަކެއްޗާއި ބޭހުގެ ތަފާސް ހިސާބު ފަސޭހަކަމާއި އެކު އެއްތަނަކުން ފުރިހަމައަށް ލިބިގެން ދިއުމަކީ ވެސް އެމްއެފްޑީއޭގެ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތަށް ލިބިގެންދާނެ އިތުރު ހަރުދަނާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
މިއަދު އިފްތިތާޙު މިކުރެވޭ "ދިރިތި" ނިޒާމަކީ މިއަށްވުރެ ފުޅާ ވިއުގައެއް ކަމުގައިވާ "ނެޝަނަލް ސިންގަލް ވިންޑޯ"އާއި ގުޅިގެންދާނެ ނިޒާމެއްކަން. މި ޕޯރޓަލް "ނެޝަނަލް ސިންގަލް ވިންޑޯ"އާއި ގުޅާލުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަން ލިބި ޚިދުމަތް އަވަސް ވެގެންދާނެ. ޚާއްސަކޮށް އެހެނިހެން ބޯރޑާރ ކޮންޓްރޯލް އެޖެންސީތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ބަދަލުކުރެވޭ ލިޔެކިއުންތައް ބަދަލުކުރުން ފާހަގަކޮށްލަން. އަދި މިއީ ވިޔަފާރިވެރިން އެ ފަރާތްތަކުގެ އެއްމެ މަސައްކަތެއް ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކަށް އެކިފަހަރު މަތިން ކުރަންޖެހޭ ދަތުރުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނިގެންދާނެ މުޙިއްމު ކަމެއްކަން ފާހަގަކޮށްލަން
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

"ދިރިތި" ނިޒާމް ތަޢާރަފް ވެ، "ނެޝަނަލް ސިންގަލް ވިންޑޯ" ވިއުގައަށް ގުޅުމުން، އެހެނިހެން އެޖެންސީތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ބަދަލުކުރެވޭ ލިޔެކިއުންތައް ބަދަލުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ވިޔަފާރިވެރިން އެ ފަރާތްތަކުގެ މަސައްކަތެއް ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުގެ އެކި މުވައްސަސާތަކަށް އެކިފަހަރު މަތިން ކުރަންޖެހޭ ދަތުރުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއްކަމެކެވެ.

އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އެންމެ ލުއި ފަސޭހަކޮށް އަވަސް ދުވެއްޔެއްގައި ފޯރުކޮށްދިނުން ކަމަށްވާތީ ،މިއީ ސަރުކާރުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ 'ޞިއްޙީ ޚިދުމަތް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރިހަމަވެގެންދާ ކަމެއް ކަމަށްވުމީ ސަރުކާރަށް ލިބިގެންދިޔަ އިތުރު ކާމިޔާބީއެއްކަމަށް ހެލްތް މިނިސްޓްރީން ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް