Advertisement
ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 13:28
ގިރިފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ހުއްޓާ ކަރަށް ވަޒަނެއް އެރި ފަތުރުވެރިޔާ ހުޅުމާލެ ގެންދަނީ
ގިރިފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ހުއްޓާ ކަރަށް ވަޒަނެއް އެރި ފަތުރުވެރިޔާ ހުޅުމާލެ ގެންދަނީ
ޓްވިޓަރ
އެމްއެންޑީއެފް
ފަތުރުވެރިއެއްގެ ކަރަށް ވަޒަން އެރި ހާދިސާއާއެކު ގިރިފުށީގައި ލައިވް ވަޒަން ބޭނުންކުރުން ހުއްޓާލައިފި
ވަޒަން އެރީ 41 އަހަރުގެ ޖަރުމަނުގެ ފަތުރުވެރިއެއްގެ ކަރަށް
ލައިވް ވަޒަން ބޭނުންކުރުން ހުއްޓާލީ ތަހުގީގު ނިމެންދެން

ކ. ގިރިފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ހުރި ފަތުރުވެރިއެއްގެ ކަރަށް ވަޒަނެއް އަރާ ޒަޚަމްވި ހާދިސާއާއި ގުޅިގެން، ގިރިފުށީގައި ހުންނަ އެމްއެންޑީއެފްގެ ޓްރެއިނިންގ ސެންޓަރުން ލައިވް ވަޒަން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގިރިފުށީގެ ތަމްރީނެއްގެ ތެރެއިން ޖެހި ވަޒަނެއް ބުދަ ދުވަހު އެ ސަރަހައްދުގައި އޮތް ސަފާރީއެއްގައި ހުރި ޖަރުމަނުގެ ފަތުރުވެރިއެއްގެ ގަޔަށް އަރައި އަނިޔާވެފައިވާ ކަމަށެވެ. އަދި އެ ފަތުރުވެރިއާއަށް ސީރިއަސް އަނިޔާތަކެއް ނުވި ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެހެން ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ އެ ވަޒަން ކޭތުނީ އޭނާގެ ކަރުގައިކަމަށެވެ.

ގިރިފުށީގައި ހިންގި ތަމްރީނުތަކުގައި ޖެހި ވަޒަނެއް އަރައި ޒަޚަމްވެފައިވަނީ އެ ރަށުގެ ބޭރުގައި އޮތް "އީގަލް ރޭ" ކިޔާ ސަފާރީއެއްގައި ހުރި 41 އަހަރުގެ ޖަރުމަން ފަތުރުވެރިއެކެވެ.

Advertisement

އެމްއެންޑީއެފުން ބުނީ މި ހާދިސާއަކީ ޤަސްދުގައި ކުރިކަމެއް ނޫން ކަމަށާއި، މިފަދަ ހާދިސާއަކީ ވަރަށް މަދުން ނޫނީ ނުހިނގާނެ ފަދަ ހާދިސާއެއް ކަމަށެވެ. އަދި ލައިވް ވަޒަން ބޭނުންކުރާ ތަމްރީނުތަކަކީ ކޮންމެހެން ބާއްވަން ޖެހޭ ތަމްރީނުތަކަކަށް ވީއިރު، އެކަން ކުރުމުގައި އެ ސަރަހައްދުން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިންމު ކަމެއްދޭކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ތަހުގީގެއް ފަށާފައިވާ ކަމަށާއި، ލައިވް ވަޒަން ބޭނުން ކުރުން ހުއްޓާލަން އަންގާފައިވަނީ އެ ތަހުގީގު ނިމެންދެން ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް