ކ. މާލެ
|
15 މާރޗް 2017 | ބުދަ 16:36
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް
މުހައްމަދު ޝަރުހާން
ރާއްޖޭގައި ފެތިރެމުންދާ ރޯގާ
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
ފްލޫ ކްލިނިކް ވަނީ ތާޖުއްދީން ސްކޫލަށް ބަަދަލުކުރެވިފަ
އިއްޔެ އެކަނި 400 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވޭ

އައިޖީއެމްއެޗުން ތާޖުއްދީން ސްކޫލުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް އަންގާރަ ދުވަހު އެކަނި ދެއްކި 400 އަށް ވުރެ ގިނަ ބަލި މީހުންނާ އެކު ފްލޫ ކްލިނިކަށް 1،000 ވުރެ ގިނަ މީހުން މިހާތަނަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)ގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާގެ ޑިރެކްޓަރ އަހްމަދު މައުސޫމް ވިދާޅުވީ، ހޮނިހިރު ދުވަހު ހުޅުވި ފްލޫ ކްލިނިކުން އަންގާރަ ދުވަހުގެ ނިއަލަށް 1،068 ބަލިމީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އިއްޔެ ޑޮކްޓަރަށް ދެއްކި މީހުންގެ ތަފާސް ހިސާބަށް ބަލާ އިރު ވިލިމާލޭ ހޮސްޕިޓަލުގައި ފަސް އަހަރުން ދަށުގެ 19 ކުދިން ޑޮކްޓަރަށް ދައްކާފައިވާ އިރު ފަސް އަހަރުން މަތީގެ 126 ބަލިމީހުން ބަލާފައި ވެއެވެ.

އައިޖީއެމްއެޗުގެ ފްލޫ ކްލިނިކުން ޖުމްލަ 473 ބަލިމީހުން ބަލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޑޮކްޓަރަށް ދެއްކުމަށް ފްލޫ ކްލިނިކު ހުޅުވާފައިވާ އިރު އެ ކްލިނިކުން ތަހުލީލުތައް ކުރުމުގެ އިތުރުން އެޑްމިޓް ކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައެވެ. ތާޖުއްދީން ސްކޫލުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްގައި ދުވާލުގެ ވަގުތުތަކުގައި ފަހެއް ނުވަތަ ހަ ޑޮކްޓަރުން ބަލިމީހުން ބެލުމުގައި ހަރަކާތްތެރިވާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

- ކޮމެންޓް
15 މާރޗް 2017 | ބުދަ 12:41
Vaanuvaa
Mihaathanah possitive vi meehun ge jumla haama nukurevugen ulhenee tecnical kon sababakaa hure thow