ކ. މާލެ
|
3 ނޮވެންބަރ 2019 | އާދީއްތަ 16:08
ސްޕައިސް ޖެޓްގެ ފްލައިޓެއް
ސްޕައިސް ޖެޓްގެ ފްލައިޓެއް
އިންޑޮނޭޝިއާ އެއާނެވް
ސްޕައިސްޖެޓް: މާލެ-ޓްރިވެންޑްރަމް ދަތުރު
ސްޕައިސްޖެޓުން މާލެ-ތްރިވަނަންތަޕޫރަމް ސީދާ ދަތުރުތައް ފަށަނީ
މާލެ-ޓްރިވެންޑްރަމް ދަތުރުގެ އަގަކީ 7،091 އިންޑިއާ ރުޕީސް

އިންޑިއާގެ ބަޖެޓް އެއަރލައިނެއްކަމަށްވާ ސްޕައިސްޖެޓުން މާލެއާއި އިންޑިއާ ތްރިވަނަންތަޕޫރަމާއި ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.

އެ އެއަރލައިނުން މައުލޫމާތުދޭ ގޮތުގައި ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި ހަފުތާގެ ކޮންމެ ދުވަހަކުވެސް ތާވަލު އެއް ފްލައިޓް މާލެއަށް އޮންނާނެކަމަށް ސްޕައިސް ޖެޓުން ބުނެއެވެ.

އެއްގަޑިއިރާއި ވިހި މިނެޓުގެ ރާސްތާއެއް ކަޑައްތުވާ މިދަތުރުގެ އަގަކީ 7،091 އިންޑިއާ ރުޕީސް އެވެ. މި ފްލައިޓް އޮންނާނީ މާލެ ގަޑިން ކޮންމެ ދުވަހަކުވެސް މާލެ ގަޑިން 14:45 ގައެވެ. އަދި އިންޑީއާގެ ތްރިވަނަންތަޕޫރަމްގައި ޖައްސާނީ އިންޑިއާ ގަޑިން ހަވީރު 04:45 ގައި ކަމަށް ސްޕައިސްޖެޓުން ބުނެއެވެ.

މިހާރު ޓިކެޓް ގަތުމާއި ބުކިން ހެދުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

- ކޮމެންޓް