Advertisement
ކ. މާލެ
|
15 މާރޗް 2017 | ބުދަ 04:05
ދިއްދޫގައި ގާއިމްކުރި އަބުރު ފަންޑަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން
ދިއްދޫގައި ގާއިމްކުރި އަބުރު ފަންޑަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން
ރާއްޖެއެމްވީ
ދިއްދޫ އަބުރު ފަންޑު
ދިއްދޫ އަބުރު ފަންޑަަށް 23،105 ލިބިއްޖެ
ދިއްދޫ އަބުރު ފަންޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދޭ
ރާއްޖޭގެ އެކި އަތޮޅުތަކުގެ ރައްތަކުގައި އަބުރުފޮށި ވަނީ ބަހައްޓާފައި

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު" އަށް ފައިސާ ހޯދުމަށް ހއ. ދިއްދޫގައި ބެހެއްޓި ފޮއްޓަށް ތޭވީސް ހާސް އެއްސަތޭކަ ފަސްރުފިޔާ ލިބިފައިވާކަމަށް މި ފަންޑް ފޮށި ގާއިމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީ ދިއްދޫ ދާއިރާއިން ބުނެފިއެވެ.

އެމްޑީޕީ ދިއްދޫ ދާއިރާއިން މިކަމުގައި އިސްކޮށް އުޅުއްވާ، އަލީ ހާޝިމް ދީދީ ހާމަކުރެއްވި ގޮތުގައި، މިދިޔަ އާދިއްތަ ދުވަހު ބެހެއްޓި އަބުރު ފަންޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި، ކުރިއަށް އޮތްތަނުގައި ދިއްދޫގައި ހުރި މި ފަންޑަށް އިތުރު އެހީތައް ލިބެމުންދާނޭކަމަށެވެ.

ރާއްޖެޓީވީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ ސިމާނާ އިސްމާއިލް ވިދާޅުވީ،  ހއ. ދިއްދޫ ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔައީ ވަރަށް ބޮޑު ތަރުހީބެއް ކަމަށާއި އެކަމަށް ރާއްޖެޓީވީން ވަރަށް ބޮޑު ޝުކުރު ދަންނަވާ ކަމަށެވެ. އިތުރުންވެސް ރާއްޖޭގެ އެކި އަތޮޅުތަކުގެ ރައްތަކުގައި އަބުރުފޮށި ބަހައްޓާ ރާއްޖެޓީވީއަށް އެހީވުމަށް އެކި ގޮތްގޮތުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން  މާލޭގައި ހުރި އަބުރު ފަންޑް ފޮއްޓަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ސިމާނާ ވިދާޅުވިއެވެ. 

"އަބުރު ފަންޑު"ގެ ނަމުގައި ރާއްޖެޓީވީން ފަންޑެއް ހުޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ 200،000ރ އިން ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ.

މީގެ އިތުރުން، ރާއްޖެޓީވީގެ ނޫސްވެރިންނަށް ކްރިމިނަލް ކޯޓުގައި ހިންގާފައިވާ ޝަރީއަތްތަކުން، ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމް އާއި ލީވާން އަލީ ނާސިރު، އެއިން ކޮންމެ ނޫސްވެރިއެއް 28،000ރ އިންޖޫރިކޮށްފައިވާއިރު، ކެމެރާމަން އާދަމް ޒަރީރު 3،000ރ އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

މީގެ އިތުރުން، ވިސާމުގެ މައްޗަށް އިތުރު ދައުވާއެއްގެ ޝަރީއަތް ހިންގަމުންދާއިރު، ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް