Advertisement
ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 22:37
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން
ގޫގުލް
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ކައުންސިލް ނިންމުތަކުގައި ބައިވެރިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާނަން: ޖޭއެސްސީ
އިންޒާރު ދީފައިވަނީ ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލް ކުރުމަށް ޖުޑީޝަލް ކައުންސިލުން ބައްދަލުވުމެއް ބާއްވާފައިވާތީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ހުކުރު ދުވަހުގެ ރޭ ވަނީ ބައްދަލުވުމެއް ބާއްވާފައި

ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކުގައި ބައިވެރިވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާނެކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖެއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީ މިގޮތަށް އިންޒާރު ދީފައިވަނީ ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތައް ބާތިލް ކުރުމާމެދު މަޝްވަރާ ކުރުމަށް ޖުޑީޝަލް ކައުންސިލުން ބައްދަލުވުމެއް ބާއްވާފައިވާކަމަށް އަޑު ފެތުރިފައިވަނި ކޮށެވެ. މައުލޫމާތު ލިބޭ ގޮތުގައި މިރޭ ޖުޑިޝަލް ކައުންސިލުން ބާތިލް ކުރުމަށް މަޝްވަރާ ކުރާ އިސްލާހުތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްސީގެ ދަށަށް ގެންދިޔުމާއި ފަނޑިޔާރުންނަށް ފިޔަވަޅު އެޅޭނެ ގޮތްތައް ހިމެނެއެވެ.

މިކަމާއި ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖޭއެސްސީގެ ކުއްލި ބައްދަލުވުމުގައި ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލު ނުކުރުމަށް ނުވަތަ އެ އިސްލާހުގެ ބާރު ކެނޑޭގޮތަށް ނުވަތަ ބަލައި ނުގަތުމަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

Advertisement

ފުރަތަމަ ގާނޫނު އަސާސީގެ ދަށުން ޑީޖޭއޭ އޮތީ ޖޭއެސްސީގެ ދަށުގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އަމިއްލައަށް ނިންމި ނިންމުމެއްގެ ދަށުން އެ ކޯޓުގެ ދަށަށް ޑީޖޭއޭ ގެންދިޔައެވެ. އަދި އެފަހުން ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނެސް އަނެއްކާ ވެސް ޑީޖޭއޭ ޖޭއެސްސީގެ ދަށަށް ބަދަލުކުރިއެވެ.

ޖޭއެސްސީއާއި ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ހުކުރު ދުވަހުގެ ރޭ ބާއްވާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ހުކުރު ދުވަހުގެ ރޭ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މަޖިލީހުން ބުނީ މި ބައްދަލުވުމަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބައިވެރިވެވަޑައިގެން ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި، ޖޭއެސްސީ އަދި ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް