Advertisement
ކ. މާލެ
|
1 ނޮވެންބަރ 2019 | ހުކުރު 18:34
ހ. ތިލަފުށި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ
ހ. ތިލަފުށި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ
ރައީސް އޮފީސް
ހެންވޭރު އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ: ގެތަކުގެ ސްޓްރަކްޗަރަލް ގެއްލުންތަކަށް 35 މިލިއަން ރުފިޔާ އަރާ
ޒަރޫރީ ހިފާތަކެއްޗަށް މުޅިއެކު 90 ގެބިސީއަށް 1.1 މިލިއަން ރުފިޔާގެ ގެއްލުންވި
30 ގޭގެ ސްޓްރަކްޗާއަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް އަޅުގަނޑުމެން ހަދާފައިވޭ
30 އިމާރާތުގެ ސްޓްރަކްޗަރަލް ގެއްލުންތަކަށް ތިރީސް ފަސްމިލިއަން ފަސްދޮޅަށް ހަތަރު ހާސް ރުފިޔާ އަރާ

މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހ. ތިލަފުށި ގޭގޭ ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތަކުގެ އަގު 35 މިލިއަން ރުފިޔާއަށް އަރާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.

ހުކުރު ދުވަހު އެ އޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ ވިދާޅުވީ މި ގެތަކަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ދެގޮތަކަށް ހަދާފައިވާ ކަމަށެވެ. އެއީ ޒަރޫރީ ހިފާތަކެއްޗަށް ލިބުނު ގެއްލުމާއި، ގޭގެ އިމާރާތަށް ލިބުނު ގެއްލުން ކަމަށް އުމަރު ވިދާޅުވިއެވެ.

Advertisement

އޭނާ ވިދާޅުވީ ޒަރޫރީ ހިފތަކެއްޗަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ނިމިފައިވާ ކަމަށާއި، ޒަރޫރީ ހިފާތަކެއްޗަށް މުޅިއެކު 90 ގެބިސީގެ އެސެސްމަންޓް ހެދުނު ކަމަށެވެ. އެގޮތުން 1.1 މިލިއަން ރުފިޔާގެ ގެއްލުން ޒަރޫރީ ހިފާ ގެންގުޅުނު ތަކެއްޗަށް ލިބުނުކަމަށް އެސެސްމަންޓުން ދައްކާ ކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޭގޭގެ އިމާރާތަށް ނުވަތަ ސްޓްރަކްޗާއަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ދިގުލައިގެން ދިޔަ ކަމަށާއި، މިކަން ކުރިއަށް ގެންދިޔައީ ޕްލޭނިންގ މިނިސްޓްރީއާއި ހައުސިން މިނިސްޓްރީއާ އެމްއެންޑީއެފްގެ މިލިޓަރީ އިންޖިނިއަރުން ހިމެނޭ ޓެކްނިކަލް ޓީމެއް ގުޅިގެން އެކުލަވާލި ޓީމުތަކެއްގެ މައްޗަށް ކަމަށެވެ.

"މި މަސައްކަތް އިސްނަގައިގެން ލީޑްކޮށްދެއްވީ ޕްލޭނިންގ މިނިސްޓްރީން. ގާތްގަނޑަކަށް 30 ގޭގެ ސްޓްރަކްޗާއަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް އަޅުގަނޑުމެން ހެދިން. ބައެއް ގެތަކަކީ ވަރަށް ބޮޑަށް ގެއްލުންވެފައި އިމާރާތުގެ ސްޓްރަކްޗަރަލް އިންޓެގްރިޓީ ކަށަވަރުކުރަން އެސެސްމަންޓް ދިގުލައިގެން ދިޔައީ. އެހެންވީމަ އެގޮތަށް އިންޖިނިއަރުންނަށް ފާހަގަކުރެވުނު ގެތަކުގެ ކޮންކްރީޓްގެ ސްޓްރެންތް ޓެސްޓްތަކާއެއްޗެހި ހަދައިގެން މިދިޔަ ހަފްތާގެ ނިޔަލަށް އަޅުގަނޑުމެންނަށް އިމާރާތުގެ ސްޓްރަކްޗަރަލް ގެއްލުމުގެ އެސެސްމަންޓްތައް ވަނީ ލިބިފައި،"
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ

އުމަރު ވިދާޅުވީ މި 30 އިމާރާތުގެ ސްޓްރަކްޗަރަލް ގެއްލުންތަކަށް 35،064000 (ތިރީސް ފަސްމިލިއަން ފަސްދޮޅަށް ހަތަރު ހާސް) ރުފިޔާ އަރާކަމަށް އެސެސްމަންޓްތަކުގެ ދައްކާ ކަމަށެވެ. އަދި ޖުމްލަ ހިފާގެންގުޅޭ ތަކެއްޗަށާއި އިމާރާތްތަކަށް ލިބުނު ގެއްލުމަށް 36.1 މިލިއަން ރުފިޔާއަށް އަރާނެކަމަށް ހިސާބުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މިހިސާބުން ފެށޭނީ އަޅުގަނޑުމެންނަށް ފެށޭނީ ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީ ފޯރުކޮށްދިނުމާއި ފަންޑުން ލިބުނު ފައިސާ ނިސްބަތުން ބަހާލައިގެން ފޯރުކޮށްދިނުން. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މި މަސައްކަތް ކުރިއަށް ގެންދާނަން. ހުރިހާ އާއިލާތަކަކަށް ވެސް މި ބަލަނީ އެއް އުސޫލަކުން އެއް މިންގަނޑަކުން ކަންތައްތައް ކުރެވޭތޯ. ނަމަވެސް އެކި އާއިލާތުގެ ދިރިއުޅުމުގެ ފެންވަރު މި ހުންނަނީ އެކި ވަރަށް. އަޅުގަނޑުމެން ކޮންމެ އާއިލާއެއްގެ ކޭސްތަކަށް ބަލައިގެން، އެންމެ ރަނގަޅު ގޮތްތަކަކަށް ހަދައިދެން މަސައްކަތް ކުރަން މިންގަނޑުގެ ތެރެއިން. އެހެންކަމުން ކުއްޔަށް އުޅުނު އާއިލާތަލަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މީގެ ކުރިން ވެސް އަމަލުކޮށްފައި ހުރިގޮތަށް އެބޭފުޅުންނަށް ދެން ފަސޭހަ ވާނީ އަލުން ތަންތަން ހޯދައިގެން ތަންތަނަށް ދިއުން ކަމުގައި،"
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ

ހ. ތިލަފުށީ ގޭގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަ ގެއެއް ވަނީ އަނދައި އަޅިއަށް ވެފައެވެ. އެ ހާދިސާގައި އެކަކު މަރުވެ 400 އަށްވުރެ ގިނަ މީހުން ގެދޮރު ގެއްލުނެވެ. ނަމަވެސް އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި ހާދިސާއާއި ގުޅިގެން 31 އާއިލާއެއްގެ 145 މީހުން ޑިޒާސްޓާއިން މިހާރު ދަނީ ބަލަހައްޓަމުންނެވެ. އަދި 4 އާއިލާއެއް ވަނީ ދާއިމީ ހިޔާވަހިކަމަށް ބަދަލުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް