Advertisement
ކ. މާލެ
|
31 އޮކްޓޯބަރ 2019 | ބުރާސްފަތި 18:34
ކަސްޓަމްސް އިން ބޭނުންކުރާ ސްޓިކަރގެ ސާމްޕަލް
ކަސްޓަމްސް އިން ބޭނުންކުރާ ސްޓިކަރގެ ސާމްޕަލް
ކަސްޓަމްސް
ކަސްޓަމްސް
ހުޅުވައިގެން ބަލައި ފާސްކުރާ ތަކެތީގައި ކަސްޓަމްސްގެ ސްޓިކަރ ޖަހަނީ
ސްޓިކަރ ޖަހަން ފަށާނީ 01 ނޮވެމްބަރ 2019 ގައި
މި ސްޓިކަރ ޖަހާނީ އެ ޕާރުސަލެއް ނުވަތަ އައިޓަމެއް ޗެކްކޮށް ނިމި ލޯކަލް ކޫރިއަރ އެޖެންޓު އެ ޕެކޭޖް ބަންދުކުރުމުން
ކަސްޓަމްސްގެ ނަން ބޭނުންކޮށްގެން، މުދަލުގެ ބޭރުގައި ޓޭޕްއަޅާ، އިސްޓިކާފަދަ ތަކެތި ހަރުކޮށް ހެދުމަކީ މަނާ ކަމެއް

ހުޅުވައިގެން ބަލައި ފާސްކުރާ ތަކެތީގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސްޓިކަރ ޖަހަން ފަށައިފިއެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާ(01 ނޮވެމްބަރ 2019) އިން ފެށިގެން ޕޯސްޓް އަދި ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ލޯކަލް ކޫރިއަރ އެޖެންޓުގެ ޙާޟިރުގައި (މުދަލުގެ ވެރިފަރާތް ނުވަތަ ވެރިފަރާތް ތަމްސީލުކުރާނެ ފަރާތެއް ޙާޒިރުވެނެތި) ޕާރުސަލް ނުވަތަ ޕެކޭޖް ހުޅުވައިގެން ބަލައިފާސްކުރާ ހާލަތުގައި ކަސްޓަމްސްއިން ޗެކްކޮށް ނިމުމުން އެތަކެތީގައި ކަސްޓަމްސްގެ ޚާއްސަ ޓެމްޕަރ އެވިޑެންޓް ސްޓިކަރ އެއް ޖަހާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement

މި ސްޓިކަރ ޖަހާނީ އެ ޕާރުސަލެއް ނުވަތަ އައިޓަމެއް ޗެކްކޮށް ނިމި ލޯކަލް ކޫރިއަރ އެޖެންޓު އެ ޕެކޭޖް ބަންދުކުރުމުން، އެ ޕެކޭޖް ބަންދުކުރި ޓޭޕް މަތީގައި ހުރަސްވާ ގޮތަށް ކަމަށާއި މި ސްޓިކަރގައި، ޕެކޭޖް ހުޅުވި ތާރީޚާއި، ގަޑި ނޯޓުކޮށް ކަސްޓަމްސްގެ އިޖުރާޢަތްތައް ފުރިހަމަކުރިކަން އެނގޭނެ ގޮތަށް ކަސްޓަމްސްއިން ސޮއި ކުރާނެ ކަަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަދި ކަސްޓަމްސްއިން ބަލާފާސްކުރިކަން ދޭހަވާ ގޮތަށް، އެއްވެސް އެހެން ފަރާތަކުން ކަސްޓަމްސްގެ ނަން ބޭނުންކޮށްގެން، މުދަލުގެ ބޭރުގައި ޓޭޕްއަޅާ، އިސްޓިކާފަދަ ތަކެތި ހަރުކޮށް ހެދުމަކީ މަނާ ކަމެއް ކަަމަށާއި އެހެންކަމުން އެއްވެސް ފަރާތަކުން އެކަން އެގޮތަށް ނުކުރުމަށް ކަސްޓަމްސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
31 އޮކްޓޯބަރ 2019 | ބުރާސްފަތި 21:40
ސްޓޯންއޭޖް ގަ ތިއުޅެނީ!؟
ސްޓޯންއޭޖް ގަ ތިއުޅެނީ!؟
31 އޮކްޓޯބަރ 2019 | ބުރާސްފަތި 20:42
މަނިކު
ކަސްޓަމްސް އިން އަމަލު ކުރަމުން ދަނީ ވަކި ބަޔަކައް ވަކި ގޮތަ ކަށް ނިމުނު ވީކުގަ ވެސް ރޫޓުސް އައް ދެނައި ދުންފަތް ޕެކެޓް ތަކެއް ގާނޫން އިން މަނާ ކޮއްފަ އޮއްވާވެސް ދޫކޮއްފަ އޭގެ ކުރިން އަމިއްލަ ފަރާތަކުން ގެނައި ތަކެތި ހިފަހައްޓާ ޖޫރިމަނާވެސް ކުރި ރޫތުގެ އެއްޗެހި ދޫކޮއްލީ މީހަމަ ބާ