Advertisement
ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 22:19
އައިޖީއެމްއެޗް
އައިޖީއެމްއެޗް
އަޒުމޫން އަހުމަދު
ފްލޫ ކްލިނިކް
ފްލޫ ކްލިނިކަށް 600 މީހުން ދައްކައިފި
ފްލޫ ކްލިނިކް ހުޅުވުނީ މިދިއަ ހޮނިހިރު ދުވަހު
ރާއްޖޭގައި އެޗްވަންއެންވަން އިންފްލުއެންޒާ އުޅޭކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހު

މިހާތަނަށް ފްލޫ ކްލިނިކުން 600 މީހުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުގެ މީޑިޔާ އޮފިޝަލް އަހްމަދު މައުސޫމު ވިދާޅުވީ، މިދިއަ ހޮނިހިރު ދުވަހު ހުޅުވި ފްލޫ ކްލިނިކަށް ގާތްގަނޑަކަށް 600 މީހުން ޑޮކްޓަރަށް ދެއްކުމަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ފްލޫ ކްލިނިކް ތާޖުއްދީން ސްކޫލަށް ބަދަލު ކުރުމުން އައިޖީއެމްއެޗުގައި ގާއިމް ކުރެވިފައިވާ ފްލޫ ކްލިނިކް ބަންދުކުރެވިފައިވާ ކަމަށެވެ. ތާޖުއްދީން ސްކޫލުގައި ގާއިމް ކުރި ފްލޫ ކްލިނިކުން ދުވާލުގެ ގަޑިތަކުގައި ފަހެއް ނުވަތަ ހަ ޑޮކްޓަރުން ތިބޭނެ ކަމަށާއި އެ ކްލިނިކުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޚިދުމަތް ހޯދަން އަންނަ ބަލިމީހުންގެ ތެރެއިން އެޑްމިޓް ކުރަން ޖެހިއްޖެ ހާލަތެއްގައި، އައިޖީއެމްއެޗުގައި އެޑްމިޓްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ އެޗްވަންއެންވަން އިންފްލުއެންޒާއާ ގުޅިގެން އެ ހޮސްޕިޓަލުގައި ޗުއްޓީގައި ތިބި ފަރާތްތަކަށާއި މިދުވަސްވަރު ޗުއްޓީއަށް ދިއުމަށް ހަމަޖެހިފައިވާ ފަރާތްތަކަށްވެސް ޗުއްޓީއަށް ނުގޮސް މަޑުކޮށްލުމަށް އަންގާފައިވަނީ ބަލިމީހުންނަށް އައިޖީއެމްއެޗުން ވީ އެންމެ ރަގަޅަށް ޚިދުމަތް ދިނުމަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ފްލޫ ކްލިނިކުގައި ޑޮކްޓަރުން ގިނަ ވާނީ ދުވާލުގެ ވަގުތުގައި ކަމަށްވާތީ ހުރިހާ ފަރާތްތަކުންވެސް ރޭގަނޑު ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ދުވާލުގެ ވަގުތުތަކުގައި ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
15 މާރޗް 2017 | ބުދަ 08:38
ޝާހިދު
މީސަލްސް ނުވަތަ އެމްައާރ ވެކްސިން އަކީ ކޯޗެއް ތޯ؟ ރާއްޖޭގެ ލެބޯޓްރީ އަކުން ޓެސްޓްކުރެއްވިންތޯ މިވެކްސިން ދީގެން ދިމާވެދާނޭނުރަކަލަ ކަނުވިސްނާ މުޅި ރާއްޖޭގެ މީސަލްސް ނަތާލަން މީސަލްސް ނުވަތަ އެމްއާރ ވެކްސިން ޓެސްޓުކުރަންވީނޫންތ؟ އެޗް1އެންވަ