Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2019 | އަންގާރަ 21:52
ރާނީ އެލިޒަބަތްއަށް ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާނީ އެލިޒަބަތްއަށް ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދަ ރޯޔަލް ފެމިލީ
ރާނީ އެލިޒަބަތް
އިނގިރޭސި ރާނީ އެލިޒަބަތަށް، ޑރ. ފަރަހަނާޒް "ލެޓަރ އޮފް ކްރީޑެންސް" އަރުވައިފި
މިއީ ރައީސް ސޯލިހުގެ ފަރާތުން ފޮނުއްވެވި ފަތްކޮޅެއް
"ލެޓަަރ އޮފް ކްރީޑެންސް" އަކީ ގައުމުތަކުގެ ވެރިންގެ ހައިސިއްޔަތުން ބަސްބުނުމުގެ ހުއްދަ ލިބިފައިވާ ކަމުގެ ޔަގީންކަން އެރުވުމަށް އަރުވާ ފަތްކޮޅެއް

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް، އިނގިރޭސީ ރާނީ އެލިޒަބަތް އަތްޕުޅަށް "ލެޓަރ އޮފް ކްރީޑެންސް" އަރުވައިފިއެވެ.

އަންގާރަ ދުވަހު އޮތް ރަސްމިއްޔާތެއްގައި, ރާނީ އެލިޒަބަތްއަށް މި ފަތްކޮޅު އަރުއްވާފައިވަނީ، އެކަމަނާ ދިރިއުޅުއްވާ ގަނޑުވަރުގައެވެ. "ލެޓަަރ އޮފް ކްރީޑެންސް" އަކީ ގައުމުތަކުގެ ވެރިންގެ ހައިސިއްޔަތުން ބަސްބުނުމުގެ ހުއްދަ ލިބިފައިވާ ކަމުގެ ޔަގީންކަން އެރުވުމަށް، ގައުމުތަކުގެ ވެރިން ރާނީ އެލިޒަބަތަށް ރައްދުކުރައްވަން ފޮނުއްވަވާ ސިޓީފުޅެކެވެ.

Advertisement

ފަތްކޮޅު އެރުއްވުމާއި ގުޅިގެން އިނގިރޭސި ޝާހީ އާއިލާގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓަކަށް ޑރ.ފަރަހަނާޒް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅު ރާނީ އެލިޒަބަތްއަށް އަރުވަން ފުރުސަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ރާނީގެ އަތްޕުޅަށް މި ފަތްކޮޅު އެރުއްވުމާއި ގުޅިގެން ޑރ. ފަރަހަނާޒްއަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެކަމަނާގެ ސަފީރުކަމުގައި ރާއްޖެއާ އިނގިރޭސިވިލާތުގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޑރ. ފަރަހަނާޒް ފައިސަލް އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ސޯލިހުއެވެ. މީގެ ކުރިން އެކަމަނާ ވަނީ ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސިވިލާތަށް އެމްޑީޕީން ކަނޑައަޅުއްވާ ސްޕޯކްސްޕަރސަންގެ މަގާމުވެސް ފުރުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް