Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2019 | އަންގާރަ 09:16
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާ މެސެޖް
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާ މެސެޖް
ޓްވިޓަރ
ޤައުމީ ދުވަސް
ޤައުމީ މުނާސަބަތުތައް ހަނދާންކޮށްދެނީ އެކުވެރިކަމުގައި ދެމިތިބުމުގެ މުހިންމުކަން : ރައީސް
ޤައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރައީސް ފޮނުއްވެވި
ޤައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުން- ރައީސް
ނަބިއްޔާއަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު މިސަރުކާރުން ނުދޭނަން- ރައީސް

ޤައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފި އެވެ.

Advertisement

ރައީސްގެ ރަސްމީ ޓްވިޓަރ އެކައުންޓްގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ އުފާވެރި އަދި ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރިކަމާ އެކު، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރާކަމުގަ އެވެ. އަދި މިފަދަ ކޮންމެ މުނާސަބަތެއް ހަނދާންކޮށްދެނީ އެކުވެރިކަމާއި ޞުލްޙަވެރިކަމުގައި ދެމިތިބުމުގެ މުހިންމުކަން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތެއްގެ އެންމެ މުހިންމު ސިފައަކީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން، އަދި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް، އަމިއްލަ ޙައިޞިއްޔަތުން ބަސްބުނެ، އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުންކަމުގަ އެވެ. އަދި މި ޤައުމުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ނަބިއްޔާ(ޞ) އަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު މިސަރުކާރުން ނުދޭނެކަމުގެ ޔަޤީންކަން، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ވިދާޅުވެފައިވެ އެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ކުރެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް