Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2019 | ހޯމަ 15:43
ފުނަދޫ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިިކުރި ރަސްމިއްޔާތުގެ ތެރެއިން
ފުނަދޫ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިިކުރި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
މިސްކިތުގެ މަސައްކަތް
ލ.ފޮނަދުއާއި ށ.ފޮނަދޫގެ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ލ.ފޮނަދޫ މިސްކިތް 300 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ
ށ.ފޮނަދޫގައި އިމާރާތް ކުރާ މިސްކިތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ
500 މީހުންގެ ޖާގައިގެ ދެމިސްކިތް

ލ.ފޮނަދުއާއި ށ. ފޮނަދޫގެ މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ލ.ފޮނަދޫގައި އިމާރާތް ކުރަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. 300 ދުވަހުގެ މުއްދަތުގައި ނިންމާ ގޮތަށް މިމަސައްކަތް ޙަވާލުކުރީ އިނޯކާ ޕްރައިވެޓް ލިމިޓެޑްއާއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން ސޮއިކުރެއްވީ ޑރ. އަޙްމަދު ޒާހިރެވެ. އިނޯކާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ހަސަން ޝަމީމްއެވެ.

މިމަޝްރޫއަށް ދައުލަތުގެ ބަޖެޓުން 5870،073.14 (ފަންސާސް އަށްލައްކަ ހަތްދިހަ ހާސް ހަތްދިހަ ތިން ރުފިޔާ ސާދަ ލާރި ހޭދަވެއެވެ.

Advertisement

ށ. ފޮނަދޫގައި އިމާރާތް ކުރާ މިސްކިތް 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އަހުމަދު ޒާހިރެވެ. ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު އައިމަންއެވެ.

މިމަޝްރޫއަށް ދައުލަތުގެ ބަޖެޓުން 4529846.29 (ސާޅިސްފަސްލައްކަ ނަވާވިސްހާސް އަށްސަތޭކަ ސާޅިސް ހަ ރުފިޔާ ނަވާވިސް ލާރި) ހޭދަވެއެވެ.

މިދެމަޝްރޫއާ ބެހޭ ގޮތުން މިނިސްޓަރު ޒާހިރު ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތުގައި މިމަސައްކަތް ނިމޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް