Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2019 | އާދީއްތަ 22:04
ހިބަޅިދޫ
ހިބަޅިދޫ
އަވަސް
ޓޫރިޒަމް މިނިސްޓްރީ
ފަނޑިޔާރުން ރިޝްވަތު ނެގި ކަމަށް ބުނާ މައްސަލަ ހައިކޯޓުން ފުލުހަށް ހުށައަޅައިފި
މައްސަލަ ހުށައެޅީ ސީރިއަސް މައްސަލަ އަކަށް ވާތީވެ
ހިބަޅިދޫއަކީ ރިސޯޓް ހަދަން އެރަށް ދޫކޮށްފައި ވަނިކޮށް އެތަނުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު ރަށެއް

ހިބަޅިދޫ މައްސަލާގައި ފަނޑިޔާރުން ރިޝްވަތަށް އެދުނުކަމުގެ ތުހުމަތުކޮށްފައިވާތީ, އެކަން ބަލައި ދިނުމަށް ހައިކޯޓުން ފުލުހަށް ހުށައަޅައިފިއެވެ.

އާދިއްތަ ދުވަހު ހައިކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެކަން ބަލައި ދިނުމަށް، ޕޮލިސް ގައި އެދުނީ، އެއީ ސީރިއަސް މައްސަލައެއް ކަމަށް ފެންނާތީ ކަމަށެވެ.

ފަނޑިޔާރުންގެ ފަރާތުން ކަމަށްބުނެ، މައްސަލަ ވަކިގޮތަކަށް ނިންމުމަށް ރިޝްވަތު ހޯދުމަށް އެދި ގޮސްފައިވަނީ ކޮންބައެއްތޯއާ، ނޭނގޭ ބަޔަކު ކަމަށް ބުނެ ގުޅި ފަރާތްތަކުގެ ފޯން ނަންބަރުތަކަކީ ކޮބައިތޯ އަދި އޭރުގެ ޓުއަރިޒަމް މިނިސްޓަރުގެ ޚަރަދުގައި ދަތުރު ކުރެއްވި ފަނޑިޔާރުންނަކީ ކޮބައިތޯ ބައްލަވައި ދެއްވައި، އެކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް ހައިކޯޓުން ވަނީ އެދިފައެވެ.

Advertisement

އެމައްސަަލަ އެންމެ ފުރަތަމަ ފެންމަތިވީ، މިމަހުގެ 15 ވަނަ ދުވަހު މާލިއްޔަތު ކޮމެޓީން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާއެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުން އަވަސް ކޮށްދެއްވުމަށާއި، ފަނޑިޔާރުން ރިޝްވަތު ނަންގަވާކަމަށް އަލީ ވަހީދު ކުރެއްވި ތުހުމަތާއި ގުޅިގެން ނެވެ. އޭގެ ފަހުން މާލިއްޔަތު ކޮމިޓީން ދަނީ އެ މައްސަލަ ބަލަމުންނެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: މަޖިލީސް

ބ. ހިބަޅިދޫ އަކީ ރިސޯޓް ހަދަން އެރަށް ދޫކޮށްފައި ވަނިކޮށް އެތަނުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުރަށެވެ. އެމައްސަލަ ފެންމަތިވީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ތެރެއިންނެވެ. އޭރުއްސުރެ އެތަން އޮންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ހަތިޔާރު ފެނުނު ކަމަށް ބުނެ ސަރުކާރުން އެރަށް ދޫކުރުމަށް ބިޒްނާސް މޯލްޑިވްސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމާއެކު އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށައެޅިއެވެ. އަދި 2017 ޖެނުއަރީ ގައި އެ ކޯޓުން ނިންމީ އެރަށުގެ އެއްބަސްވުން ބާޠިލުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެރަށް ބިޒްނާސް މޯލްޑިވްސްއާ ހަވާލުކުރަން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް