އަވައްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ފަރާތުން ސްރީލަންކާގެ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.
ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހެދުމަށް ނިންމާފައި ވަނީ ކޮލަންބޯގައި ދިވެހިންނަށް ހާއްސަ ކުރެވިފައިވާ ސޯސަން ވިލާގައެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސޯސަން ވިލާގައި ހަދާ ޕާކް ހެދުމުގެ މަސައްކަތް ހަވާލު ކުރީ ސްރީލަންކާގެ "ސިޔަރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމެޓެޑާ" ކަމަށެވެ. އަދި މަސައްކަތުގެ ހުރިހާ ހަރަދެއް ވެސް ކުރާނީ އެކުންފުނިން ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސިޔާ ކުންފުނީގެ ފަރާތުން މި ޕާކް ހެދުމުގެ މަސައްކަތަށް 1.6 މިލިޔަން ދިވެހި ރުފިޔާ ހަރަދު ކުރާނެ ކަމަށާއި އަދި މަސައްކަތް ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
މިނިސްތަރު ވިދާޅުވި ގޮތުގައި ކޮލަންބޯގައި ހުންނަ ސާސަން ވިލާގައި ޕާކެއް ހެދުމަށް ސަރުކާރުން ނިންމީ ލަންކށާގެ ދިރިއުޅޭ ދިވެހިން އެކަމަށް އެދުމުން ކަމަށެވެ. އަދި އެ ޕާކް ހެދުމުގެ ބޭނުމަކީ ކުޑަކުދިންގެ ގޮވައިގެން ހިއްފަސޭހަ ކަމާއެކު ތިބެވޭނެ ތަނެއް ގާއިމްކޮށް ދިނުމުގެ މަގުސަދުގައި ކަމަށް މިނިސްތަރު ވިދާޅުވިއެވެ.