Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2019 | އާދީއްތަ 15:58
ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރެއްވުން
ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރެއްވުން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ހަމަނުޖެހުމަށް ގޮވާލާ ހިންގާ ހަރަކާތްތަކުގައި ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިނުވުމަށް ބާރުއެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރެއްވުން
ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބިދޭ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

ހަމަނުޖެހުމަށް ބާރުދޭގޮތަށް ހިންގާ ހަރަކާތްތަކުގައި ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިނުވުމަށް ސިވިލް ސަރވިސް ކޮމިޝަނުން ސިވިލް ސަރވިސް މުވައްޒަފުންނަށް ބާރުއެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި މަޖިލީހުގެ ރައީސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މި ބައްދަލު ކުރެއްވުމުގައި އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސިވިލް ސަރވިސް މުވައްޒަފުންނަށް ފުރިހަމައަށް ލިބިދޭކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިކަމަށް ނިއުޝާ ވިދާޅުވި އެވެ.

Advertisement

ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބިދޭ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ ހައްޤާއި އެފަދަ ފުރުސަތުތަކާއި ގުޅޭގޮތުން ޒިންމާދާރު އިސްބޭފުޅުންނާއި އޮފީސްތަކުގެ ވެރިން ހޭލުންތެރި ކުރުވުމަށް، ޕްރޮގްރާމްތައް ހިންގަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކޮމިޝަންގައި އެދިވަޑައިގެންނެވި
އަމީން އާންމު

ސިވިލް ސަރވިސް ޤާނޫނުގެ 53 ވަނަ މާއްދާގެ ށ ގައި ބުނަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެ ކަމުގަ އެވެ.

މިފަހަކުން އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި ދީނާ ޚިލާފު ވާހަކަތަކެއް ހުރިކަމަށްބުނެ އެމްޑީއެން އުވާލަން ގޮވާލާ ރާއްޖޭގެ ރަށްރަށުގަޔާއި މާލޭގައި އަންނަނީ އެއްވުންތައް ބާއްވާ ހިނގާލުންތައް ބާއްވަމުންނެވެ. އަދި އެކަމަކީ ސިޔާސީ މަޤްސަދެއްގައި ކުރާކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ ތަކުރާރުކޮށް ވިދާޅު ވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް