Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2019 | އާދީއްތަ 12:49
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް
ރާއްޖެއެމްވީ
މަލީހު
ޕެސެންޖަރ ލައިންތަކުގައި ޕާސްޕޯޓު ޕްރޮސެސް ކުރުމަށް ބޭނުން ކުރާ ޕޯޓެބްލް ސިސްޓަމާއެކު އިމިގްރޭޝަނުގެ މަސައްކަތައް ފަސޭހަވެގެންދާނެ
މި ސިސްޓަމް ރާއްޖެއަށް ގެނައީ އިމިގްރޭޝަންގެ އެދުމުގެ މަތިން ކަމަށް

ޕެސެންޖަރ ލައިންތަކުގައި ރާއްޖެ އަންނަ ފަތުރުވެރިން ޕްރޮސެސް ކުރެވޭނެ ޕޯޓެބްލް ސިސްޓަމެއް އެމެރިކާއިން ހަދިޔާކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު ވިދާޅުވީ މި ސިސްޓަމް ރާއްޖެއަށް ގެނައީ އިމިގްރޭޝަންގެ އެދުމުގެ މަތިން ކަމަށެވެ.

" އޭރު އަޅުގަނޑުމެންނަށް އިމިގްރޭޝަންގެ ފަރާތުން ރިކުއެސްޓެއް، މާލޭއަށް، ރާއްޖެއަށް ޒިޔާރާތް ކުރާ ބޮޑެތި ޕެސެންޖަރ ލައިންތަކުން އަންނަ މީހުންގެ ޕާސްޕޯޓު ޕްރޮސެސްކުރުމަށް ވަރި ދަތި އުނދަގުލެއްވާތީ، ވަރަށް ބަލްކީ، ވަރަށް ބޮޑު ސިސްޓަމެކޭ އެއަށް އަރުވަން ޖެހެނީ. އެހެންމަ އެމެރިކާ ސަރުކާރުން ހާއްސަކޮށް އެބޭފުޅުން ފާހަގަކުރެއްވި ޕައިސިސް ސިސްޓަމަށް ގެނައި ވަރަށް ބޯޑު ބަދަލުތަކަކީ އަޅުގަނޑުމެންނަށް ރާއްޖޭގެފަރާތުން ލިބުނު ފީޑްބެކަށް އެބޭފޫޅުން ކޮށްދޭ. އެބޭފުޅުން ތިއްބެވީ އަޅުގަނޑުމެން ބޭނުންވާ ކޮންމެ ކަމެއް ކޮށްދިނުމަށްޓަކައި ސިސްޓަމް އެންހޭންސް ކުރުމަށްޓަކައި، ފަންކްޝަނިޓީ އިމްޕްރޫވް ކުރުމަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދިނުމަށް.

މަލީހު ވިދާޅުވީ މަގާމާއި ފުރަތަމަ ހަވާލުވިއިރު ވުޒާރާގައި މަސައްކަތް ކުރާ ބޭފުޅުން އެމެރިކާއިން ހަދިޔާކޮށްފައިވާ ޕައިސީސް ބޯރޑަރ ކޮންޓްރޯލް ސިސްޓަމްގެ މައްސަލަތައް ފާހަގަ ކުރި ކަމަށެވެ. އެގޮތުން ސިސްޓަމް ޑައުން ވެއްޖިއްޔާ އަލުން އޭތި އޮން ކުރެވޭނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމަށް ބުނި ކަމަށެވެ.

ރައީސްގެ އިސްނެންގެވުމުގެ މަތިން ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއެކު އެމެރިކާގެ ސަރުކާރުގައި އެހީގައި ވަރަށް ކުރު މުއްދަތެއްގައި ސިސްޓަމް އަޕްޑޭޓްކޮށް، ހުރިހާ ހާރޑްވެއަރ އެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރި ކަމަށެވެ. އަދި އެމެރިކާ ސަރުކާރުން އެއަށް ބޭނުންވާ އެންމެ ފަހުގެ އަޕްޑޭޓްތައް ދީފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"ރައީސްގެ އިސްނެންގެވުމުގެ މަތިން ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއެކު އެމެރިކާގެ ސަރުކާރުގައި އެކަމަށް އެހީއަކަށް އެދުނީމަ އެބޭފުޅުން އެ ސިސްޓަމް ވަރަށް އަވަސް މުސްތަގުބަލެއްގެ ތެރޭގައި އަޕްޑޭޓްކޮށް، އެއަށް ބޭނުންވާ ހުރިހާ ހާރޑްވެއަރ އެއް، ބައްލަވާ ބޯރޑަރ ސެކިއުރިޓީއަށް ބޭނުންވާ ހާރޑްވެއަރ ތައް އެމެރިކާއިން ގާއިގަނޑަކަށް ބައި މިލިއަން ޑޮލަރު އޭގެ ފްލައިޓަށް އަރާނެ ކަމަށް، ހިލޭ. އެއްވެސް އަގެއް ނެގުމަކާނުލާ އެބޭފުޅުން ފޯރުކޮށްދީފައިވަނީ."

އަދި ކުރީ ސަރުކާރުތަކުގައި ސިސްޓަމްތަކުން ނެރެވޭނެ އެންމެ ރަނގަޅު ނަތީޖާ ނުނެރެވޭ ކަން ފާހަކަ ކުރެއްވިއެވެ.

" އެކްސްޕެޓް ސިސްޓަމަށް ބަލާލާއިރު، ބޭރުގެ މިއުޅޭ މުވައްޒަފުން ޕްރޮސެސްކުރުމަށްޓަކައި ގެންގުޅޭ، ބެލެހެއްޓޭ ނިޒާމު ބަލާކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެބަ ފެނިގެންދިޔަ ބައެއް ސަރުކާރުތަކުން، ފާއިތުވި ސަރުކާރު ތަކުންވެސް އޮންލައިންކޮށް، އޮޓޮމޭޓް ކޮށް ކުރެވެން ހުރި ބައެއް ފީޗަރޒްތައް އޭތި އެއްފަރާތުގައި ބަހައްޓާފައި އެބޭފުޅުން ބޭނުންފުޅުވާގޮތަކަށް ކަންތައްތައް ކުރުމަށްޓަކައި ބައިޕާސްކުރުން. "

ހުރި ވަސީލަތްތަކުން އެ ސިސްޓަމެއްގެ ރަނގަޅު ބޭނުން ހިފަން ޖެހޭ ކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބޯރޑަރ ސެކިއުރިޓީ ސިސްޓަމް އެއްކޮށް އަޕްގްރޭޑް ކޮށްފައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް