Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2019 | އާދީއްތަ 07:28
\"ޕިންކް ރިބަން ރަން ވޯކް\" ގެ ބައިވެރިން
"ޕިންކް ރިބަން ރަން ވޯކް" ގެ ބައިވެރިން
ޓްވިޓަރ
އުރަމަތީ ކެންްސަރު
ޕިންކް ރިބަން ރަން ވޯކް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަން ވަނީ ހިއްސާކޮށްފައި
އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދޭ

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަން އަންގައިދޭ ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ.

މި ހަރަކާތް އިންތިޒާމުކުރުމުގައި ބޭންކުގެ 150 އެއްހާ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ.

Advertisement

ދުނިޔޭގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހު، ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ.

އެގޮތުން ރާއްޖޭގައިވެސް އޮކްޓޯބަރުމަހަށް ދެމިގެންދާ ގޮތަށް އުރަމަތީ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން ގެންދާއިރު، ޕިންކް ރިބަން ރަން ވޯކް އަކީ މި މަހުގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް